ads
އުމަރު ނަސީރު
އަޅުގަނޑުގެ ވެރިކަމެއްގަ ކަތިވަޅިއެއް ނުގެންގުޅެވޭނޭ: އުމަރު
އެ ބޭފުޅާގެ ވެރިކަމެއްގައި ކަތިވަޅިއެެއް ނުގެންގުޅެވޭނެ ކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގައި ރާއްޖޭގެ މަގުތައް އަމާންވާނެ ކަމަށާއި، މަގުމަތީގައި މަސްތުވާ ތަކެތި ވިއްކުމާއި، ވަޅިހެރުމާއި، ކަނޑި ހޫރުމާއި، ކަތިވަޅިއެއް ވެސް ނުގެންގުޅެވޭނެ ކަމަށެވެ. 

"ތިބޭފުޅުންގެ ދަރިންނަށް މަގުތަކުގައި އަމާންކަމާއި އެކު ހިނގާބިނގާވެ އުޅެވޭނެ. ތިބޭފުޅުންގެ ދަރިންނާއި ދިމާލަށް މަސްތުވާތަކެތި ވިއްކުމަށް ނާދެވޭނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ (ޕިއެސްއެމް) ގެ "ރިޔާސީ ކެންޑިޑޭޓާއިއެކު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ. 

އުމަރު ނަސީރުގެ ކެންޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މީގެ ކުރިން އޭނާ ވިދާޅުވީ ދިވެހިރާއްޖޭގައި ހައްލަކީ އުމަރުކަމަށެވެ. އަދި އެކަން މިހާރު ޔަގީންކޮށްދީފައިވާ ކަމަށާއި، އޭނާގެ ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތުމުން އެކަން ސާބިތުކޮށް ދެއްވާފައިވާ ކަމަށެވެ. 

"ހައްލަކީ އުމަރުތޯ ޓެސްޓުކުރުމަށް ލިބުނު ހޯމްމިނިސްޓަރުކަން ދެ އަހަރު ދުވަހަށް. ދިވެހިރާއްޖޭގެ އެއްވެސް ހޯމް މިނިސްޓަރަކު ދިވެހިރާއްޖެ އަމާންކުރަން މަސައްކަތްނުކުރާވަރަށް އަޅުގަނޑު ހުންނާނެ ދިވެހިރާއްޖެ އަމާންކުރަން މަސައްކަތްކޮށްފަ،" - އުމަރު ނަސީރު-

އުމަރު އޭރު ވިދާޅުވީ 43 ގޭންގު ލީޑަރުންގެ ފައިގައި ޓެގުއެޅުވި އެއްވެސް މިނިސްޓަރެއް އެނާ ނޫނީ ނުހުންނާނެކަމަށެވެ. 

ހައްލަކީ އުމަރުކަން ސާބިތުކުރުމަށްޓަކައި ދިވެހިރާއްޖެ އަށް 18 ކުއްތާގެ ކުއްތާ ސްކޮޑެއް ގެނެސް ރާއްޖޭގެ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށްޓަަކައި ހުންނާނީ މަސައްކަތްކޮށްފައި ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާއިރު އޭނާގެ ކެންޑިޑޭޓް ނަމްބަރަކީ، އެކެކެވެ. އޭނާގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަހުމަދު ސަލީމު (މާޒް ސަލީމް) އެވެ. 

73%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް