ads
މިއަދުގެ ވޯޓްލުމުގެ ތެރެއިން
ވޯޓުލުމަށް ރަޖިސްޓްރީވި މީހުންގެ ލިސްޓް އާންމު ކޮށް، ޝަކުވާ އަށް ހުޅުވާލައިފި
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓް އާންމު ކޮށް ޝަކުވާ އަށް ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން އިން ބުނީ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓްގައި ޝަކުވާއެއް އޮތްނަމަ، މިއަދު 8:30 އިން މާދަމާ  (ބުދަ ދުވަހު) ގެ 15:00 އަށް އީސީ އަށް ޝަކުވާ ހުށަހެޅުއްވުން އެދޭ ކަމަށެވެ.

ޝަކުވާއެއް ވާނަމަ ޝަކުވާ ހުށަހަޅުއްވާނީ ރަޖިސްޓަރީ އަށް ޝަކުވާ ހުށަހަޅާ ފޯމުންކަމަށާއި، ފޯމު އީސީގެ ވެބްސައިޓުން ނުވަތަ ކައުންސިލްތަކުގެ އިދާރާތަކުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އިތުރު މައުލުމާތު ބޭނުންފުޅުވާނަމަ އިސީގެ ނަމްބަރު 1414 އަށް ގުޅައިގެން ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ކަމަށެވެ.

މީގެ އިތުރުން މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންވެސް ލިބޭނެ ކަމަށް އިސީން ބުނެއެވެ.

ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރެވިފައިވާ ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި ޝަކުވާހު ށަހެޅޭނީ ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާއި ގުޅޭ ގޮތުން ކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް