މެޕްސް ކޮލެޖުން ބުނީ ކެރިއަރ ގައިޑެންސް ސެޝަނަކީ މިއަހަރު އޯލެވެލް އިމްތިހާނު ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ.
އެ ދަރިވަރުންގެ ކެރިއަރާއި ކިޔެވުމުގެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެކޮލެޖުން ވަނީ ބުނެފައެވެ.
އަދި މެޕްސް ކޮލެޖުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ ސެޝަނަކީ ދަރިވަރުންނާއި ތަޖުރިބާކާރު ކޯސް ކޯޑިނޭޓަރުންނާއި ލެކްޗަރަރުންގެ މެދުގައި ވަން ޓު ވަން ސެޝަންތަކެއް މެދުވެރިކޮށް ކުރިއަށް ގެންދާ ސެޝަނެކެއް ކަމަށްވެސް އެ ކޮލެޖުންވަނީ ބުނެފައެވެ.
އެ ސެޝަންތަކުގެ ސަބަބުން ދަރިވަރުންނަށް ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ސެޝަންތަކުގެ މަގްސަދަކީ އެކުދިންގެ ތައުލީމާއި ކެރިއާރ އިހުތިޔާރު ކުރުމުގައި ފަސޭހަކަމާއެކު ބޭނުންވާ ވަސީލަތްތަކާއި މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވެސް ބުނެފައިވެއެވެ.
އަދި ސެޝަން އާއި ގުޅުމައްޓަކައި މެޕްސް ކޮލެޖުގެ ވެބްސައިޓަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަކުރުމުން ކުރިއަށް ދެވޭނެ ކަމަށްވެސް އެ ކޮލެޖުން ބުނެފައިވެއެވެ.