ads
ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހެދުން - ފޮޓޯ:އުރީދޫ
އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހަދައިފި
ނ. ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް އެ ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހަދައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ކައުންސިލަށް ދައްކަން ޖެހޭ ފައިސާ މިހާރު ދައްކާލެވޭނެ ކަމަށެވެ. އެމް-ފައިސާއަކީ ކޮންމެތާކު، ކޮންމެ ވަގުތެއްގައިވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެއް ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނެފައިވަނީ ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެ ކަމަށެވެ.

ލަންދޫ ކައުންސިލްގެ ރައީސް، އަބްދުލްއަޒީޒު މުހައްމަދު ވިދާޅުވި ގޮތުގައި ރަށު ކައުންސިލުން އަބަދުވެސް އިސްކަން ދެނީ ހިދުމަތްތައް ފަސޭހަކޮށް، ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމުގައެވެ. އެގޮތުން ކައުންސިލުން ނަގަމުންދާ ޕްރީ ސްކޫލް ފީ، ކުނި ފީގެ އިތުރުން އަދިވެސް އެހެނިހެން ފީތައް އެމް-ފައިސާ މެދުވެރިކޮށް ބަލައިގަތުން ހަމަޖެހިގެން ދިއުމަކީ ކައުންސިލަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް އަބްދުލްއަޒީޒު ވިދާޅުވިއެވެ. އަބްދުލްއަޒީޒު ވިދާޅުވީ ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކުރުމުގެ އިތުރުން އެކަމަކީ ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ސަގާފަތެއް ޕްރޮމޯޓްވެގެންދާ ކަމެއް ކަމަށެވެ.

"އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ރާއްޖެއެއް އުފައްދައި، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރާ މަސައްކަތާ މި ޕާޓްނަޝިޕް ވަރަށް ބޮޑަށް ގުޅޭ. މި ޕާޓްނަޝިޕާ އެކު އަޅުގަނޑުމެންގެ އަމާޒަކީ ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމާއި މި ސަރަހައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުން،" - އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދް އަލް ހަމާދީ

މި ޕާޓްނަޝިޕް އާއެކު ޑިޖިޓަލް ލުއިފަސޭހަކަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ދޭ އަހައްމިއްޔަތުކަމުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމައެއް ގާއިމުކުރުމަށް ލަންދޫ ކައުންސިލްގެ ވިސްނުންވެސް ރަމްޒުކޮށްދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް