ads
ފީވަކު ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ވަނީ ކޮމިޝަންކޮށްފައި - ފޮޓޯ:އެމްޑަބްލިއުއެސްސީ
ފީވަކު ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމައިފި
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ށ. ފީވަކުގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފިއެވެ.

ފީވައް ފެނުގެ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭނިން މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަދި އެ ކުންފުނީގެ ފަރާތްތަކުން އެ ރަށަށް ގޮސްގެން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން ފީވަކުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައި ކަމަށެވެ. އޭގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އަޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށެވެ.

your imageފީވަކު ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ވަނީ ކޮމިޝަންކޮށްފައި - ފޮޓޯ:އެމްޑަބްލިއުއެސްސީ

ފީވަކު ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 49.60 މިލިއަން ރުފިޔާއެވެ. އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް