ads
ރައީސް ސޯލިހު ތޮއްޑޫއަށް ވަޑައިގަތުން: ވިދާޅުވީ ވައުދު ވަނީ ވައުދު ފުއްދަން ކަމަށާއި ވައުދު ވަނީ ރާއްޖެ ބަދަލުކުރަން ކަމަށް - ފޮޓޯ:އުފާވެރި އަމާން ރާއްޖެ
ވައުދު ވަނީ ވައުދު ފުއްދަން، ވައުދު ވަނީ ރާއްޖެ ބަދަލުކުރަން: ރައީސް
ވައުދު ވަނީ ވައުދު ފުއްދަން ކަމަށާއި ވައުދު ވަނީ ރާއްޖެ ބަދަލުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އަރިއަތޮޅުގެ ރަށްތަކަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހެނދުނު އއ. ތޮއްޑޫއަށް ވަޑަައިގެން އެ ރަށުގެ ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ ވީ ވައުދުތައް ދަނީ ބަރާބަރަށް ފުއްދަމުން ކަމަށެވެ. ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މިއިން ޒަމާނަކު ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށްޓަކައި ނުކުރާވަރުގެ ބިޔަ ބޮޑެތި މަޝްރޫއުތައް ކޮންމެ ރަށެއްގައިވެސް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވައުދު ވަނީ ވައުދު ފުއްދަން. އަޅުގަނޑުމެން ވައުދު ވަނީ މި ރާއްޖެ ބަދަލުކުރަން. އަޅުގަނޑުމެން ވައުދު ވަނީ ތިބޭފުޅުންގެ ދިިރިއުޅުން ބިނާކޮށްދިނުމަށް. އެހެން އިތުރު އެއްވެސް ބޭނުމެއް އަޅުގަނޑުމެންގެ ނެތް. އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ އަމާޒަކީ އެއީ،" - ރައީސް ސޯލިހު

ރައީސް ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލެއްވީ ޖަޒީރާ ރާއްޖޭގެ ތަސައްވަރަކާ އެކު ކަމަށާއި އެ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަަށް ވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ރަަށަކުންވެސް ފެންނަނީ ތަރައްގީގެ ބޮޑެތި ބަދަލުތަކެއް ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ވީ އެންމެ މުހިންމު އެއް ވައުދަކީ ލާމަރުކަޒީ ނިޒާމު އިސްލާހުކުރުން ކަމަށާއި އެކަމަށް ބޮޑު ބަދަލެއް ގެނެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންވީ އެންމެ މުހިންމު އެއް ވައުދަކީ ލާމަރުކަޒީ ނިޒާމު އިސްލާހުކުރުން. ބާރުތައް ދޫކޮށްލުން. އެ ރަށެއްގެ މަސައްކަތް، އެ ރަށަަކުން އިންތިހާބުކުރާ ބަޔަކު ލައްވާ ކުރުވުން. އިރާދަކުރެއްވިއްޔާ ބޮޑު ބަދަލެއް އެކަމަށް އަޅުގަނޑުމެންނަށް ގެނެވިއްޖެ،" - ރައީސް ސޯލިހު

your imageރައީސް ސޯލިހު ތޮއްޑޫގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ:އުފާވެރި އަމާން ރާއްޖެ

ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ އިހުތިސޯސް ކަނޑައެޅުމުގެ މަސައްކަތާ އެކު، ކައުންސިލުގެ 33 އިންސައްތަ އަންހެނުންނަށް ކަށަވަރުކުރެވިފައިވާ ކަަމަށެވެ. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތްދިނުމުގެ މަސައްކަތްކޮށް، ނިމެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ މިނިމަމް ވޭޖް ކަނޑައެޅި، ނިމިފައިވާ ކަމަށާއި ތަނަވަސް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް މާލެ އާއި ރަށްތަކުގައި ކުރިއަށްދާ ކަމަށެވެ.

ދެވަނަ ދައުރެއްގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ކިބައިން އިތުބާރަށް އެދިވަޑައިގެން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބެއް ބޯމަތިވަމުން އަންނައިރު ތަފާތު ވައުދުތައް، ތަފާތު ކެންޑިޑޭޓުންވާނެ ކަމަށެވެ. އެހެންނަމަވެސް، މާޒީގައި ކަންވެފައި އޮތް ގޮތާއި މިހާރު ކަން ހިނގާ ގޮތް ރައްޔިތުން މިނެކިރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް