ads
ރިބިދޫގެ ގެެއެއްގައި ކުރަނީ: ފޮޓޯ ހާތިމް އިބްރާހިމް
ރިނބުދޫ ގެތައް ހިއްގައިމު މަންޒަރުތަކުން ފުރާލައިފި!
ދ. ރިނބުދޫ ކައުންސިލް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އާ ގުޅިގެން އެރަށުގައި ކަލްޗަރަލް އޭރިއާއެއް ތަރައްގީ ކުރުމުގެ ގޮތުން އެ ރަށުގެ ހުރަށް އޮންނަ އިބްރާހިމީ މަގުގެ ބޮޑުބައެއްގެ ފާރުތަކުގައި ސަގާފީ ކުރެހުންތައް ކުރަހަން ފަށައިފިއެވެ.
ދ. ރިނބުދޫ ކައުންސިލް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އާ ގުޅިގެން އެރަށުގައި ކަލްޗަރަލް އޭރިއާއެއް ތަރައްގީ ކުރުމުގެ ގޮތުން އެ ރަށުގެ ހުރަށް އޮންނަ އިބްރާހިމީ މަގުގެ ބޮޑުބައެއްގެ ފާރުތަކުގައި ސަގާފީ ކުރެހުންތައް ކުރަހަން ފަށައިފިއެވެ.

އެރަށު ކައުންސިލެގެ ރައީސް ހާތިމް އިބްރަހިމް ވިދާޅުވީ ކަލްޗްރަލް އޭރިއާއެއް ތަރައްގީކުރުމަކީ ކައުންސިލުން ކޮށްފައިވާ ޕްލޭންގެ ދަށުން ހިނގަމުން އަންނަކަމެއްކަމަށެވެ.

މި ޕްލޭންގެ ދަށުން އިބްރާހިމީ މަގުގެ ބޮޑުބައެއްގައި ކުރެހުމުގެ މަސައްކަތް އަންނީ ކުރަމުންނެވެ. އެ މަސައްކަތުގައި އާޓްސް އެސޯސިއޭޝަނުގެ ފަންނާނުންނާއި އެރަށުގެ ޒުވާނުންނާއި، ސްކޫލްކުދިން ބައިވެރިވެއެވެ.

"މިރަށުގެ ސަގާފަތާއި ހުނަރުވެރިކަން ދައްކުވައިދޭ ކުރެހުންތައް މުޅިންވެސް ހުންނާނީ. ރީތި މަންޒަރުތަކުކުގެ އިތުރުން ހުއްޓިލައިގެން ފޮޓޯ ނަގާލެވޭނެ ފޮޓޯ ބޫތް ތައް ވެސް ހުންނާނެ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި މަސައްކަތް ފަށާފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިމޭނެ ކަމަށް ބެލެވޭނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅަށެވެ.

މި މަޝްރޫގައި އިބްރާހިމީ މަގުގައި ހިމެނޭ 10 ވަރަކަށް ގޭގެ ފާރުގައި ކުރަހާނެއެވެ.



ކައުންސިލްގެ ރައީސް ވިދާޅުވީ މި މަސައްކަތް ނިމުމާއެކު ކައުންސިލާއި އާޓްސް އެސޯސިއޭޝަނާއި ގުޅިގެން އެރަށުގައި ކުރެހުމާއި ގުޅޭ ވޯކްޝޮޕެއް ފަށާނެއެވެ. އެ ވޯކްޝޮޕް އަމާޒު ކުރަނީ އެރަށުގެ ޒުވާނުންނާއި ސްކޫލް ކުދިންނަށްކަމަށް ވެސް ވިދާޅުވިއެވެ.

އަތްތެރި މަސައްކަތުގައި ޒަމާނުއްސުރެ މަޝްހޫރު ރިނބުދޫގެ އާބާދީއަކީ 579 އެވެ. އެރަށުގައި ވަޒަންވެރިވެގެން 400 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

އެރަށު ކައުންސިލްގެ އަމާޒަކީ އެރަށިކީ ލޯކަލް ޓޫރިޒަމް އިން ފައިދާވާ ރަށެއްގެ ގޮތުގައި ތަރައްގީކުރެމެވެ.

ރާއްޖޭގައި އެންމެފުރަތަމަ ގެސްޓުހައުސްއެއް ހުޅުވި ރަށަކީ ރިނބުދޫއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް