ads
އަމީނިއްޔާ ސްކޫލުގެ ދަރިވަރުން: އޯލެވެލްގެ ނަތީޖާ ޑީޕީއީން ވަނީ ދޫކުރަން ފަށާފައި - ފޮޓޯ:އަމީނިއްޔާ ސްކޫލް
އޯލެވެލްގެ ނަތީޖާ ޑީޕީއީން ދޫކުރަނީ
މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ދޫކުރަން ފަށައިފިއެވެ.

އޯލެވެލް އިމްތިހާނުގައި މި އަހަރު 6،106 ދަރިވަރުން ބައިވެރިވިއިރު، ޑީޕީއީން ބުނީ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ހެނދުނު 9:00 ގައި އަދި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ 10:00 ގައި ސެންޓަރުތަކަށް ފޮނުވާނެ ކަމަށެވެ.

ސްކޫލުތަކުން އިމްތިހާނު ހެދި ދަރިވަރުންނަށް މިހާރު ނަތީޖާ ދޫކުރަމުންދާނެ ކަމަށާއި އަމިއްލަގޮތުން އިމްތިހާނު ހެދި ދަރިވަރުންނަށް މެންދުރު 12:00 އިން ފެށިގެން ނަތީޖާ ދޫކުރަމުން ދާނެ ކަމަށް ޑީޕީއީން ބުނެއެވެ.

އިމްތިހާނުގެ ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ދަރިވަރުން މާދަމައިން ފެށިގެން މި މަހުގެ ނިޔަލަށް އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީން ވަނީ އެދިފައެވެ.

ޑީޕީއީން ބުނީ ޕްރައިވެޓްކޮށް އިމްތިހާނު ހެދި ކެންޑިޑޭޓުންގެ އައިޖީސީއެސްއީ އޯލެވެލް އަދި އެސްއެސްސީ ނަތީޖާ ދޫކުރަމުން ގެންދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން 13:30 އަށް، ހ. އަސްރަފީވިލާ ދެވަނަ ފަންގިފިލާއިން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް