ads
އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޑް ހަސަން ޒަމީލް އާއި، އަނބިކަބަލުން މަރިޔަމް އަލީމް
ޒަމީލް މިރޭ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ!
އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލް މިރޭ ރައްޔިތުންނާއި ބައްދަލު ކުރައްވަން ނިންމައިފިއެވެ.

ޒަމީލް އާއި، ބައްދަލު ކުރައްވަން ބޭނުންވާ ފަރާތްތަކުން މިރޭ އެބޭފުޅާ އާއި ބައްދަލު ކުރުމުގެ ފުރުސަތު ހުލުވާލާފައިވާކަމަށެވެ. އެގޮތުން ޖަވާހިރު ގޯޅި މއ. މާވެޔޮވިލާގެ ކައުންޓްލައިން ބިލްޑިންގްގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގަތުމުން ބައްދަލުވެގެން ދާނެ ކަމަށެވެ.

ހަސަން ޒަމީލް އަކީ މިފަހަރު އަމިއްލަ ގޮތުން ވާދަ ތިން ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓެވެ. އެގޮތުން ޒަމީލްގެ ކެންޑިޑޭޓް ނަމަބަރަކީ 2 އެވެ. މީގެ ކުރިން ޒަމީލް އަކީ ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވާފައިވާ ފަރާތެކެވެ. އެބޭފުޅާ ފުރުއްވާފައިވާ މަގާމަކީ ޑިފެންސް މިނިސްޓރީގެ ނައިބު ކަމުގެ މަގާމެވެ.

މިފަހަރު ޒަމީލް ވާދަ ކުރައްވާއިރު، މިއީ ދެމެފިރިއަކު ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ފުރަތަމަފަހަރެވެ. ޒަމީލްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމް އެވެ. އަދި އިންތިހާބީ އެޖެންޓަކީ އޭނާގެ ދަރިކަލުން އަހުމަދު މަހުރާން ޒަމީލެވެ.

ރައްޔިތުނަށް ބައްދަލު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޒަމީލް ވިދާޅުވެފައިވަނީ މިރޭ 8:30 އިން ފެށިގެން 10:00 އަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

  

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް