ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަޖިލިސް އިދާރާ
ބޭއަދަބީ ފޮޓޯ އާއި ސްކޭމް މައްސަލައި މައުލޫމާތު ދިން ކޮމެޓީ ފުލުހުން އެދިގެން ސިއްރުކޮށްފި
ސޯޝަލް މީޑިއާގައި ހިންގާ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަމާއި އެހެން ޖަރީމާތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކާއެކުގައި މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުން ފުލުހުން އެދިގެން ސިއްރުކޮށްފި އެވެ.
Advertisement

މިއަދު ހެނދުނު 10:30 ގައި ބޭއްވި އެ ކޮމެޓީއަށް މި މައްސަލައިގެ މައުލޫމާތު ހޯދުމަށް ވަނީ އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ހާޒިރު ކުރައްވައިފައެވެ.

ކޮމެޓީ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މުގައްރިރު, މިލަންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން މުފީދު ވަނީ މިފަދަ މައްސަލަތައް ކިހާ ވަރަކަށް ހުށަހަޅާތޯ ސުވާލު ކުރައްވައިފަ އެވެ. 

ފުލުހުންގެ ފަރާތުން ހާޒިރުވެވަޑައިގެންނެވި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް އެދިވަޑައިގެންނެވީ ބައްދަލުވުން ސިއްރު ކުރުމަށެވެ.

ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ގޮތުން އާންމުންނަށް އެނގެން ނުޖެހޭ ނުވަތަ އެނގެން ބޭނުން ނުވާނެ ބައެއް މައުލޫމާތުތައް ކޮމިޓީގައި މި މައުލޫގައި ދައްކަން ޖެހިދާނެތީ ކަމަށެވެ.

ޝަރީފްގެ އެދުމާ އެއްގޮތަށް އެ ހުށަހެޅުމަށް ނެގި ވޯޓުން ޕީއެންސީގެ މެޖޯރިޓީ އޮތް މުޅި ކޮމެޓީއަށް އިއްތިފާގު ވެވުނީ ކޮމެޓީ ސިއްރު ކުރާށެވެ. އެއަށްފަހު އެ ކޮމެޓީ ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ އެކިއެކި ކުށްތަކުގެ މައްސަލަތައް މަޖިލީހުން ބަލަން ފެށީ އެފަދަ މައްސަލަތައް ބޮޑުވެފައި އޮތް ދަނޑިވަޅެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް