ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ފުލެޓްގުގެ ޑައުންޕޭމަންޓާއި ބެހޭގޮތުން އެ ހަދަނީ ދޮގު: މާރިޔާ
ސިފްކޯއިން އަޅަމުންދާ ސިފައިންގެ ފުލެޓުތަކަށް މީގެ 10 އަހަރު ކުރިން ޑައުންޕޭމެންޓު ދެއްކި ބައެއް ސިފައިންނަށް އެ ފުލެޓުތައް ނުލިބޭނެކަން އަންގައިފި ކަމަށް ދެކެވޭ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަޅާ ފުލެޓުތަކުގެ ޑައުންޕޭމެންޓުގެ ގޮތުގައި 92،000 ރުފިޔާ ނަގާފައިވާ ކަމަށާއި، އެއިރު ޑައުންޕޭމެންޓު ދެއްކި ސިފައިންގެ ތެރެއިން ބައެއް ފަރާތްތަކަށް ފުލެޓް ނުލިބޭކަމަށް ބުނެ ބައެއް މީޑިޔާ ތަކުން ރިޕޯޓް ކުރުމާއި ގުޅިގެން "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. 

ގޯތި ގެދޮރުގެ މައްސަލަ އަކީ މާލެ ސަރަހައްދަށް އޮތް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ސިފައިންގެ ބޭކަލެއް ކަމުގައިވިނަމަވެސް ކުރިން ފުލެޓެއް ލިބިފައިވާނަމަ އަލުން ސިފްކޯގެ ފުލެޓު ލިބުމަކީ ނުވަތަ ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ފަރާތެއް ވާނަމަ ފުލެޓު ލިބުމުގައި ޝަރުތު ހަމަނުވާނެ ކަމަށެވެ.

"މާލޭގެ ބޯހިޔާވަހިކަން ވަރަށް ދަތި ދެއްތޯ. ސިފްކޯ އިންވެސް ނޫނީ އެހެން ފަރާތަކުންވެސް ފުލެޓެއް ލިބިފަ އޮއްވައި އަލުން ސިފްކޯގެ ފުލެޓެއް ވެސް ނޫނީ ސަރުކާރުގެ އެހެން ހައުސިން ސްކީމުގެ ދަށުން ގޯއްޗެއްވެސް ލިބިގެން ދިއުމަކީ އިންސާވެއްވެސް ނޫން ދެއްތޯ. އެފަދަ ފަރާތަކަށް ފުރަތަމަ ޝަރުތުވެސް ހަމައެއް ނުވާނެ." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ސިފްކޯގެ ހައުސިން ފުލެޓް މަޝްރޫއުގެ މަސައްކަތް ނިންމައި ފުލެޓުތަކުން ފުލެޓު ލިބޭ ފަރާތްތަކަށް މި މަހުގެ ތެރޭގައި ވަދެވޭނެކަމަށް ސަރުކާރުން ފުލެޓު ލިބުނު ސިފައިންނަށް މިހާރު ވަނީ އަންގާފަ އެވެ. 

ހުޅުމާލޭގައި އަޅާ ފުލެޓުތަކުގެ ޑައުންޕޭމެންޓުގެ ގޮތުގައި 92،000 ރުފިޔާ ދައްކަން ޖެހެއެވެ. ސަރުކާރުން ވައުދުވެފައިވަނީ އެ ފުލެޓުތައް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކުރި ކުންފުނިތަކަށް މަސައްކަތް ނުކުރެވި އެ މަސައްކަތް 10 އަހަރާ ގާތްކުރާ މިންވަރަކަށް ދިގުލައިގެން ގޮސްފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް