ads
ގާސިމްގެ ކެމްޕޭންދަތުރުގައި ރައީސް ވަހީދު ގާސިމާއެކު ބައިވެރިވެވަޑައިގަންނަވަނީ---ފޮޓޯ:ޖޭޭޕީ
މީ ރީތީގެ މުބާރާތެއް ނޫން، މިއުޅެނީ ގާބިލު މީހާ ހޯދަން: ރައީސް ވަހީދު
ރިޔާސީ އިންތިހާބަކީ އެންމެ ރީތީ ކާކުތޯ ބަލަން ނުވަތަ އެންމެ މަޝްހޫރުކަން ބޮޑީ ކާކުތޯ ބަލަން ބާއްވާ މުބާރާތެއް ނޫން ކަމަށާއި ބޭނުންވަނީ ރާއްޖޭގެ ލީޑަރޝިޕަށް އެންމެ ގާބިލު މީހަކު ހޮވުން ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
Advertisement

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ކެމްޕޭނަށް ހއ.އަށާއި ހދއަށް އެ ޕާޓީން ކުރަމުން ގެންދާ ދަތުރުގައި ހދ.ނޮޅިވަރަމުގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ކޮންމެ ގޮތަކަށް ބެލި ނަމަވެސް ރިޔާސީ ރޭހުގައި ތިބި ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް އެންމެ ގާބިލު ބޭފުޅަކީ ގާސިމް ކަމަށެވެ. 

"މީކީ ރީތީގެ މުބާރާތެއް ނޫން. މީކީ ޕޮޕިއުލަރިޓީ ކޮންޓެސްޓެއް ވެސް ނޫން. މަޝްހޫރު މީހުން ވެރިކަމަށް އަންނަން ޖެހޭ ކަހަލަ ކަމެއް ވެސް ނޫން. މިއީ ގައުމަށް ހަގީގަތުގައި ވެސް ހިދުމަތްކޮށްދެވޭނެ ވަރުގެ މީހަކު ހޯދުމައްޓަކާ ކުރާ މަސައްކަތެއް،" ރައީސް ވަހީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯއްދަވައި ދެއްވުމުގައި ވެސް ގާސިމު އިސް ދައުރެއް އަދާ ކުރެއްވި ކަމަށާއި ތަޖުރިބާއަށް ބެލި ނަމަވެސް މުޅި ދައުލަތާއި ސަރުކާރުގެ ވެސް އެހާ މުހިއްމު މަގާމުތަކެއް އަދާކުރެއްވި ބޭފުޅަކު ނެތް ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ގާސިމު އަދާކުރެއްވިކަން ޑރ.ވަހީދު ފާހަގަ ކުރެއްވިއެވެ. 

"ރާއްޖޭގެ ދަރަނި ވަރަށް ބޮޑު. ރާއްޖެއަށް ބޭރުގެ ނުފޫޒު އަންނަލެއް ވަރަށް ބޮޑު. މިނިވަންކަމަށްވަނީ އެކި ބާވަތްބާވަތުގެ ހުރަސްތައް، ނުރައްކާތައް ކުރިމަތިވެފައި. އަޅުގަނޑުމެންގެ އިގުތިސާދު ރަނގަޅުކޮށް، އާއްމުދަނީ ރަނގަޅު ކުރަން އެބަޖެހޭ. މުޅި ގައުމުގައި އަދސި ފަރުދުންގެ ފެންވަރުގައި ވެސް. އެކަންކަން ކުރުމަށް އަޅުގަނޑުމެންނަށް ބޭނުންވޭ އެކަމުގެ ތަޖުރިބާ ހުރި މޮޅު ބޭފުޅެއް،" ރައީސް ވަހީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ރައީސް ވަހީދުގެ ދުވަސްވަރު ވެސް އެންމެ ބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވި ބޭފުޅަކީ ގާސިމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2008 ގެ ފަހުން ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރެއް ގެނައުމުގައި ވެސް ގާސިމު އިބްރާހީމު ބައިވެރިވެވަޑައިގެންނެވި ކަމަށާއި ގާސިމު އަބަދު ވެސް ހުންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް