![](https://cnm.mv/media/images/23854684.jpg)
އަކްރަމް އީސީގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަން ތަކުގެ އެންމެ ކުރީގައި ވެސް އޮތީ އަކްރަމްގެ ނަމެވެ.
އަކްރަމް އީސީގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ އިރު، އޭނާ އަކީ ބައިނަލް އަގްވާމީ ދުނިޔެއިން މިހާތަނަށް ރާއްޖޭގައި އެންމެ ރަނގަޅަށް ކުރިއަށް ގެންދެވުނު އިންތިޚާބު ކަމުގައި ފާހަގަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައް ރާވާ އިންތިޒާމް ކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. ގިނަ ގޮންޖެހުންތަކާއެކު ކުރިއަށް ގެންދެވުނު ރިޔާސީ އިންތިޚާބުގެ ކަންތައް އަމާން އޮމާންކޮށް ކުރިއަށް ގެންދިއުމަށް ވެސް އަކްރަމް އިސްކޮށް ހުންނަވާ ކުރެއްވި ގިނަ މަސައްކަތްތަކައް ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ވަނީ ލިބިގެންގޮސްފައެވެ.