ގުރައިދޫގައި ހަމަނުޖެހުން ހިންގާފައިވަނީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާފު އަތޮޅު ގުރައިދޫއަށް ވަޑައިގަންނަވާ ދަޑިވަޅާ ގުޅިގެންނެވެ.
ގުރައިދޫގައި ދެ ޕާޓީ ހަމަނުޖެހުން ހިންގަމުންދާއިރު، ދާދި ދެންމެ އަކު މުއިއްޒުވަނީ އެރަށަށް ވަޑައިގެންފައެވެ.
ގުރައިދޫ ހަމަނުޖެހުމުގައި ބައެއްމީހުންނަށްވެސް ވަނީ ވަަރަށް ބޮޑަށް އަނިޔާވެފައެވެ.
އެގޮތުން ބޯފަަޅައިގެން ބައެއް މިހުންގެ ބޮލުން ލޭތައްވެސް ފައިބާ މަންޒަރު ސޯޝަލް މީޑިޔާ އިން ފެނިގެންދެއެވެ.
މިކަމާއި ގުޅިގެ ފުލުހުން ބުނެފައިވަނީ މި ހަމަނުޖެހުމުގައި 22 އަހަރުގެ ދިވެހި ފިރިނެކު ހައްޔަރު ކޮށްފައިވާ ކަމަށާއި، މި ކަމާއި ގުޅިގެން މިހާރުދަނީ ބަލަން ޖެހޭ ކަންތައްތައް ބަލަމުން ކަމަށެވެ.