ads
ރޯޑް ރޭސް އިއުލާން ކުރުން
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 27 އޮކްޓޫބަރު ގައި ބާއްވަނީ
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 27 އޮކްޓޫބަރު 2023 ގައި ބާއްވަން ނިންމައިފިއެވެ.
Advertisement

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި ދިރާގުން ބުނި ގޮތުގައި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) އޮންނާނީ 27 އޮކްޓޯބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުންމީދީ ދުވުމުގެ 14ވަނަ އެޑިޝަންއެވެ.  

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަނެއްކާވެސް އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އިވެންޓަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ އަދި ގިނަ މީހުން މިކަމަށް އިންތިޒާރު ކުރާ އިވެންޓެއް. 2007 ވަނަ އަހަރު ޑީ.އެމް.އާރް.އާރް ވަނީ ދިވެހިރާއްޖޭގައި މާސް ޕާޓިސިޕޭޝަން ރޭސްތައް ފަށައި، ރާއްޖޭގައި ދުވުމުގެ ސަގާފަތް ގާއިމުކޮށްފައި،" ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ. "މިއަހަރު ފުރަތަމަ ފަހަރަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ. ކުރިއަށްވުރެ ބޮޑެތި ފައިސާގެ އިނާމުތަކާއި ތަފާތު ކުލަގަދަ ހަރަކާތްތަކަކާއި އެކު މިއަހަރުގެ ޑީ.އެމް.އާރް.އާރް ވަރަށް ފޯރިގަދަ ވާނެ."

ޑީ.އެމް.އާރް.އާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޑީ.އެމް.އާރް.އާރް 2023 އަކީވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ދިރާގުން އެންޑޯރސްކޮށްފައިވާ އެން.ޖީ.އޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެއެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

މާދަމައިން ފެށިގެން ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ހުޅުވާލާނެއެވެ. އަދި ދުވަން ބޭނުންވާ ފަރާތްތަކަށް 30 އޯގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 އަށް ނުވަތަ 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަށް ރަޖިސްޓަރ ކުރުމަށާއި މި އިވެންޓާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް www.dmrr.mv

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް