ޖޭޕީގެ ކެމްޕޭނުގައި މިއަދު ށ.ފުނަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށެވެ. އަދި ޕީޕީއެމުގެ ކުލަ ހުރި ނަމަވެސް އެ ޕާޓީގެ ފަރާތުން ހުންނެވި ކެންޑިޑޭޓު ޑރ. މުއިއްޒަކީ އެ ޕާޓީގެ ޕީޕީއެމުގެ ކެންޑިޑޭޓެއް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ އެޕާޓީ ތަމުސީލު ކުރައްވަން ހުންނެވީ އެމަނިކުފާނު ކަމަށާއި ނަމަވެސް މަކަރާ ހީލަތުން އެފުރުސަތު ނިގުޅައިގަނެފައިވާ ކަމަށެވެ.
ރައީސް ވަހީދުވަނީ ޑރ.މުއިއްޒު ހުންނެވި މަކަރު ހަދާ އޮޅުވާލައިގެން ކަމަށް ވިދާޅުވެ މުއިއްޒަށް ވޯޓު ނުދެއްވުމަށް އިލުތިމާސް ކުރައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އިހުލާސްތެރި ކަމެއް ހުރި ހަމައެކަނި ކެންޑިޑޭތަކީ ގާސިމު ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;