ads
މުއިއްޒު
ހުޅުމާލެ، މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރާނަން: ޑރ. މުއިއްޒު
ހުޅުމާލެ މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފޭސް ޓޫ ގައި މިރޭ ބޭއްވި އެބޭފުޅާގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ ވިލިމާލެ ހުޅުމާލެ އަކީ މާލެ ސިޓީގެ ތަންތަން ކަމަށެވެ. ނަމަވެސް ހުޅުމާލެ އޮންނަވަނީ ކުންފުއްޏެއްގެ ދަށުގައި ކަމަށެވެ.

މިކަމަށް ހައްލެއް ހޯއްދަވާނެ ކަމަށާއި، އެއީ ގާނޫނީ އިމުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ. 

"ހުޅުމާލެ ކުންފުއްޏެއްގެ ދަށުގައި އޮތުމުން ހުޅުމާލެ ރައްޔިތުންނަށް މުނިސިޕަލް ހިދުމަތް ހޯދުމުގައި އަޅައެއްނުލާ. މީހުންނާއި ދޭތެރޭގައި ކަންތައް ކުރަމުންދަނީ ބޭނުން ގޮތަކަށް ވިޔަފާރި އުސޫލުން." މުއިއްޒު

ހުޅުމާލެ އަކީ މާލޭގެ ތަނެއް ކަމަށާއި އެހެންކަމުން އެތަން ބަލަހައްޓަން ޖެހޭނީ މާލޭ ސިޓީ ކައުންސިލުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު އެމަނިކުފާނުގެ ވެރިކަމެއްގައި ހުޅުމާލޭގެ މުނިސިޕަލް ހުރިހާކަމެއް ބެލެހެއްޓުން މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް، މާލެސިޓީ ކައުންސިލާ ހަވާލު ކުރަން ސަރުކާރުގައި އެދެން، ކައުންސިލުން މިދިޔަ އަހަރު ކުރީކޮޅުވެސް ފާސް ކުރިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް