ads
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން ކޯހުގެ ތެރެއިން - ފޮޓޯ:އެމްއޭސީއެލް
އެމްއޭސީއެލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން ކޯހެއް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަ ބައިވެރިންނާ އެކު އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް - އައިކާއޯ 054) ކޯހެއް ފަށައިފިއެވެ.
Advertisement

އެމްއޭސީއެލުން ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކޯސް ފަށާފައިވަނީ މިދިޔަ ޖުލައި 30 ވަނަ ދުވަހު ކަމަށެވެ. އަށް ހަފުތާއަށް ފަރުމާކޮށްފައިވާ މި ކޯސް އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނެފައިވަނީ މި ތަމްރީނުތައް ފޯރުކޮށްދެނީ ލީޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގްލޯބަލް އޭޓީއެސް/ ޔޫކޭގެ ރިޗަޑް ތޯމަސް ސްމިތު އަދި އިންސްޓްރަކްޓަރުންގެ ގޮތުގައި އެ ކުންފުނީގެ މުހައްމަދު އަތުހަރު އަދި އަހުމަދު ނަޒީރު ކަމަށެވެ.

އެ ކުންފުންޏަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށްވުމާ އެކު މި ކޯހަކީ އެ ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް، ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި މި އަހަރު އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ ދެ ކޯހެއް އެ ކުންފުނިން އިފްތިތާހުކޮށްފައިވާ ކަމުގައެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނީ އެއީ އެ ކުންފުނިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.

your imageރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން ކޯހުގެ ތެރެއިން - ފޮޓޯ:އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެ ކުންފުނިން ހުޅުވީ 2021 ވަނަ އަހަރު ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެއް ކަމަށެވެ.

އެ ކުންފުނީގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް އެންމެ މަތީ ފަންތީގެ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނައިރު، ފުރަތަމަ ފަހަރަށް އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ދެވެން ފެށުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް