ޔޫސޭގެ ބައްޕަ އިބްރާހިމް ދާއޫދު (ކުޑައިބްރާހިމް) ނިޔާވެފައިވަނީ ރޭ ދަންވަރުއެވެ.
މ. ބިގްފިޝްް ދާއޫދު ނިޔާވި އިރު އޭނާގެ އުމުރުން 90 އަހަރެވެ.
ޔޫސޭ އޭނާގެ ފޭސްބުކުގައި ބުނެފައިވަނީ އޭނާގެ ލޮބުވެތި ބައްޕަ، އިބްރާހީމް ދާއޫދު ނިޔާވެފަވާ ކަމަށާއި، ރަހުމަތް ލެއްވުމަށް އެދި ދުއާކުރާ ކަމަށެވެ.
ޔޫސޭގެ ބައްޕަގެ ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގައެވެ. އަދި ވަޅުލުން ކުރިއަށްދަނީ ގަލޮޅު ސަހަރާގައެވެ.
ޔޫސޭ އަކީ ކޮމެޑީ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ.
ފިލްމީ ދާއިރާގައި ޔޫސޭގެ އެންމެ ފަހުން ޕާފޯމަންސެއް ފެނުނީ "ގަމިނި" އިންނެވެ. އޭގައި އޭނާ ފެންނަނީ އަތޮޅުވެރިއާގެ އެހީތެރިއާގެ ރޯލުންނެވެ.
ޔޫސޭ އެންމެ ފުރަތަމަ މަގުބޫލުކަން ހޯދާފައިވަނީ "ދިރިއުޅުމަކީ މީއިބާ؟" އިންނެވެ.