ads
ޝަހީދު ހުސެން އާދަމް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަން އިއުލާނުކޮށްފި
ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

ފުލުހުން ހޯދަމުންދަނީ ކ. މާލެ / ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ 40 އެވެ. 

ފުލުހުން އޭނާ ހޯދަމުންދަނީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

މި މައްސަލަ އަކީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަކަމަށެވެ.  

ފުލުހުން ބުނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ތަހުގީގަށް، ސުވާލުކުރުމަށް އޭނާ ހާޒިރުވާން ޖެހޭނީ  ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށާއި، އަދި މިމަހުގެ 28 ވަނަ ދުވަހުގެ 11:30 އަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް