ads
ހެލްތު މިނިސްޓރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް...
އައްޑޫގައި ސިއްހީ ހިދުމަތް ގާއިމުވެފައި ހުރީ މާލޭ ފެންވަރަށް: ޝަމާއު
އައްޑޫ ސިޓީގައި ސިއްހީ ހިދުމަތް ގާއިމްވެފައި ހުރީ މާލޭ ފެންވަރަށް ކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.

ސިއެންއެމްޓީވީގެ "މެނިފެސްޓޯ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ މީގެ ކުރިން އައްޑޫ ހޮސްޕިޓަލުތަކުން ނުދޭ ބައިވަރު ތެރަޕީތައް މިހާރުދޭ ކަމަށާއި، އައްޑޫ އިކުޓޯރިއަލް ހޮސްޕިޓލުގެ މުޅި ހިދުމަތަށް ބޮޑު ބަދަލު ގެނެވުނު ކަމަށެވެ.

ދުނިޔެއަށް ދިމާވި އެންމެބޮޑު ބަލިމަޑުކަމަކީ ކޮވިޑްގެ ހާލަތު ކަމަށާއި، މި ސަރުކާރުގައި އެކަމުން އަރައިގަނެވި ކުރެވުނު މަސައްކަތަކީ ސިއްހީ ހިދުމަތަށް ބޮޑުބަދަލެއް ގެނަވުނު ކަމެއް ކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި ކޮވިޑް ހާލަތުގައިވެސް އިކުޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާތައް މާލެ އާއި އެއްފެންވަރެއްގައި އައްޑޫގައި ދެވުނު ކަމަށާއި، އިކުޓޯރިއަލް ހޮސްޕިޓަލް އޮތީ ކޮވިޑްގައި އެންމެ ނުރައްކާވާ ބަލިމީހާއަށް ވެސް ފަރުވާދެވޭނެ ހާލަތުގައި ކަމަށް ޝަމާއު ވިދާޅުވިއެވެ. 

"އަޅާކިޔާލާއިރު މާލެއެކޭ އައްޑޫއެކޭ އެއްވެސް ތަފާތެއް ނެތް. އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން އެބަތިބި އައްޑޫގައި. މާލެއިން ފަރުވާ ދިނުމެކޭ އައްޑޫއިން ފަރުވާ ދިނުމެކޭ އެއްވެސް ތަފާތެއްނެތް." ޝަމާލް

އައްޑޫގައި ސިއްހީ ވަސީލަތްތަކާއި އެހެނިހެން ހިދުމަތްތައް ހުރީ ހަމައެކަނި އިކުޓޯރިއަލް ހޮސްޕިޓަލުގައިނޫން ކަމަށާއި، ސިއްހީ މަރުކަޒުތަކުގައިވެސް ހުރީ ގާއިމް ކޮށްފައެވެ. 

"އެކްސްރޭ މެޝިނަކަށް ވިޔަސް. ލެބޯޓްރީ އިކުމެންޓަކަށް ވިޔަސް މިހާރު ހުންނާނީ ހަމަވެފައި." ޝަމާއު ވިދާޅުވިއެވެ.

އަދި ހާއްސަކޮށް މި އަހަރު ތެރޭގައި ހޮސްޕިޓިލަށް ބޭނުންވާ އިކުޕެންތައްވެސް ފޮނުވާފަވާ ކަމަށް ޝަމާއު ވިދާޅުވިއެވެ. އެގޮތުން ކޮންޕިއުޓާ ސިސްޓަމުން ފެށިގެން ގޮސް މެޑިކަލް ޑިވައިސްތައް ވެސް މިހާރު ގާއިމު ކުރެވިފައިވާ ކަމަށް  ޝަމާއު ވިދާޅުވިއެވެ. 

ޝަމާއު ވިދާޅުވީ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް މިސަރުކާރުން ކުރި މަސައްކަތުގެ ތެރޭގައި ދަބަރު ޖަހާފައިހުރި ކަތުރު ތަކާއި، ލޯވަޅު އެޅިފައިހުރި ޓްރޭތައް ވެސް ނައްތާލެވިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް