ads
ގައްދޫ
މުއްދަތު ހަމަވެފައިވާ އައިވީ ދިނީ ކުޑަކުއްޖަކަށް
ގދ. ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައި، އޮތް ކުޑަ ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ގައްދޫ ކައުންސިލް މެމްބަރު އަހުމަދު ޝައްމާހު "ސީއެންއެމް" އަށް ވިދާޅުވި ގައްދޫ ސިއްހީ މަރުކަޒުން އައިވީ ދީފައިވަނީ ދެ ތިން އަހަރުގެ ކުޑަ ކުއްޖަކަށް ކަމަށެވެ.

ކައުންސިލްގެ މެންބަރު ވިދާޅުވީ އެކުއްޖާ އެއީ ޖެންޑާގެ ބެލުމުގެ ދަށުން، ބެލެނެވެރި ފަރާތް ބަދަލުކޮށް ކޮށްފައިވާ ކުއްޖެއް ކަމަށެވެ. އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދެވުނީ ރޯގާ ޖެހި ހުން އައިސްގެން ކަމަށެވެ.

" މައުލޫމާތު ލިބިފައިވަނީ އެއް އައިވީ ދިނުމަށް ފަހު ދެވަނަ އައިވީ ދޭން އުޅެނިކޮށް ކުއްޖާ ބަލަހައްޓާ، މަންމަ އަށް ފެނުނީ އެކްސްޕެއާވާ ޑޭޓް،" -ކައުންސިލް މެންބަރު ޝައްމާހު-

އެ މައްސަލަ ހޫނުވެ އިރުއޮއްސެން އުޅުނު ގަޑީ ސިއްހީ މަރުކަޒު ތެރެއަށް އާންމުންގެ ގިނަބަޔަކު ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އާންމުންގެ ހަމަނުޖެހުން ވަނީ ފުލުހުން ހުއްޓުވާފައެވެ. މި އައިވީ ކުއްޖާއަށް ދިނީ ގައްދޫ އަށް ނިސްބަތްވާ ދިވެހި ނަރުހަކު ހުރެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޑޮކްޓަރަކުވެސް އެވަގުތު ހުރި ކަމަށެވް މައުލޫމާތުލިބެއެވެ. 

މި މައްސަލައިގައި ގައްދޫ ސިއްހީ މަރުކަޒަށް ގުޅަން ކުރި މަސައްކަތުން އެ މަސަކަތް އަދިވަނީ ކާމިޔާބުވާ ގޮތެއް ނުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް