ލޯނުތަކާއި އިންޓްރެސްޓް ދެއްކުމަށް ދިން މުއްދަތު ފަސް ކުރުމަށް ނިންމީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބައްޔާ ގުޅިގެން އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް އަންނާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.
ލޯނާއި އިންޓްރެސްޓް ދެއްކުން ހަ މަހަށް ފަސް ކުރުމުގެ އިތުރުން އެ މުއްދަތުގައި އިންޓްރެސްޓް ރޭޓް ހަތަރު ޕަސަންޓަށް ކުޑަ ކުރުމަށް ވެސް އެސްޑީއެފްސީން ވަނީ ނިންމާފަ އެވެ.
މި ބަލީގެ ސަބަބުން އެންމެ ބޮޑު އިގްތިސާދީ ގެއްލުމެއް ވާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ލަފާ ކުރެވޭއިރު، އެކަމަށް ދުރާލާ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ.