ads
ކިހާދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ކިހާދޫގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
ބ. ކިހާދޫގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރައްވާފައިވަނީ ބ. އަތޮޅަށް ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ މެންދުރު އެ ރަށަށް ވަޑައިގެންނެވެ.

ރައީސް ވަނީ ކިހާދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި، އެ ރަށުގެ ވޮލީކޯޓު ހުޅުވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ކިހާދޫ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފަޅު ފުންކުރުމާއި 231 މީޓަރު ބޮޑުހިލަ ޖެހުމާއި 209 މީޓަރު ރިވެޓްމަންޓް ޖެހުމާއި 326 މީޓަރުގެ ބޭރުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ހިމެނެއެވެ.

ކިހާދޫގެ ވޮލީކޯޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވޮލީކޯޓެކެވެ. ވޮލީކޯޓު ތަރައްގީކުރުމުގެ މަސައްކަތްކޮށްފައި ވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައި ކަމުގައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް