ads
އެމްޕީ އިބްރާހިމް ވަހީދު އަދި ޑިމޮކްރެޓްގެ ރަނިންމޭޓު ހުސެން އަމްރު
ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ތިނަދޫ ސިޓީ އަކަށް ހަދާނެ: އަމްރު
ދަ ޑިމޮކްރެޓްސް އަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ގދ.ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ދެވިގެންދާނެ ކަމަށް، ޑިމޮކްރެޓްސްގެ ރަނިންގްމޭޓް ހުސައިން އަމްރު ރަޝާދު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "ވަގުތު" އަށް ދެއްވި ބަސްދީގަތުމެއްގައި އަމްރު ވިދާޅުވީ، ގދ.ތިނަދޫ ސިޓީ އަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހުނު ކަމެއް ކަމަށް ވިޔަސް، މިހާރު ހިނގަމުންދާ 5 އަހަރުގެ ދައުރު ނިންމާލަނީ އެކަން ނުކޮށް ކަމަށާއި، އެހެންނަމަވެސް ޑިމޮކްރެޓްސް އަށް ވެރިކަން ލިބި، ނޮވެމްބަރު 11 ވަނަދުވަހު ހުވާ ކުރުމާއެކު، އެއްމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުން ކަމަށެވެ.

އަމްރު އާއި ޑިމޮކްރެޓްސްގެ ކެމްޕޭން ޓީމް، މިއަދުގެ ވަގުތެއްގައި ތިނަދޫ އަށާއި ހުވަދުއަތޮޅަށް ކުރައްވާ ދަތުރުގައި މިއަދުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެއެވެ.

އަމްރު މިހެން ވިދާޅުވިއިރު، އެމްޑީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ގދ.ތިނަދޫ އަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ދެން އެމަނިކުފާނު ތިނަދުއަށް ވަޑައިގަންނަވާނީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައި ކަމަށް ބުނެ ވައުދުވެވަޑައިގެންފައި އެވެ. ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަދުވަހުގައެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ހުވަދުއަތޮޅަށް ވަޑައިގެންނެވި ނަމަވެސް، އަދި މިހާތަނަކަށް ތިނަދޫ އަށް ވަޑައިގެންފައެއް ނުވެއެވެ.

ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ ކައުންސިލް އިން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިހާތަނަކަށް، ލޯކަލް ގަވަންޓްމެންޓް އޮތޯރިޓީއިން އެރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައެއް ނުވެއެވެ.

ލާމަރުކަޒީ ގާނޫނު ބުނާގޮތުން ސިޓއެއްގެ ދަރަޖަ ދެވޭނީ ރެޖިސްޓްރީ ވެފައިވާ އާބާދީގައި ދިހަހާސް މީހުން ހަމަވުމާއެކު، ސިޓީއެއްގެ ދަރަޖަ ދެވޭމިންވަރަށް ޚިދުމަތްތައް ފުރިހަމަވެފައި ހުރުން ހިމެނެއެވެ. އޭގެތެރޭގައި ޓާޝަރީ ހޮސްޕިޓަލް އެއް ހުރުމާއި، ކޮމާޝަލް ހާބަރެއްގެ ޚިދުމަތް ދެވުމާއި، ފުރަތަމަ ޑިގްރީ އާއި އެއްވަރަށް ތައުލީމް ހާސިލްކުރެވޭނެ ތަނެއް ހުރުން ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް