ads
ޔާމީން
ޕީޖީ އޮފީހުން އެދިގެން ޔާމީން މައްސަލަ ކެންސަލް
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެދިގެން، ހައިކޯޓުގައި މިއަދު މެންދުރު ފަހު ބާއްވަން ތާވަލުކޮށްފައިވާ ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑު އެހުން ކެންސަލް ކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ދެ މައްސަލައެއްގައި 11 އަހަރަށް ޖަލަށްލާން ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑު އެހުމެއް މިއަދު މެންދުރު ފަހު ބާއްވަން ހައިކޯޓުގައި އޮތީ ތާވަލުކޮށްފައެވެ. އެހެންނަމަވެސް ހައިކޯޓުން ބުނީ ޕީޖީ އޮފީހުގެ އެދުމަކަށް މައްސަލައިގެ މިއަދުގެ އަޑު އެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ހައިކޯޓުން ނުދެއެވެ. 

މި މައްސަލައިގެ އަޑު އެހުމެއް އެންމެ ފަހުން ހައިކޯޓުގައި އޮތީ މިދިޔަ ހަފްތާގައެވެ. އެ ދުވަހުގެ އަޑު އެހުމުގައި ވ. އާރަށް ކުއްޔަށް ހޯއްދަވަން، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އުޅުއްވިކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވަނީ ވިދާޅުވެފައެވެ. 

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވިއެވެ.

ޔޫސުފް ނައީމްވެސް ހާޒިރުވެ އިންނެވި ޝަރީއަތުގައި ޔާމީން އެދުވަހު ވިދާޅުވީ އޭރު ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރަށްތަކާއި ފަޅުތައް ދޫކުރަނީ އަދި ލިބެނީ ކޮން ބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މިއަދު އޮތް އަޑު އެހުން ޕީޖީގެ އެދުމަށް ކެންސަލް ކުރިއިރު، މިއަދަށް ތާވަލުކޮށްފައި އޮތީ ޕީޖީ ޖަވާބުދާރީވުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް