ads
ރައީސް ސޯލިހު ދަރަވަންދޫގައި ވާހަކަފުޅުދައްކަވަނީ: އެއާޕޯޓު ބޮޑުކޮށް، ދަރަވަންދޫގެ ތަރައްގީއަށް ގިނަ ވައުދުތަކެއްވެވަޑައިގެންނެވި - ފޮޓޯ:އުފާވެރި އަމާން ރާއްޖެ
އެއާޕޯޓު ބޮޑުކޮށް، ދަރަވަންދޫގެ ތަރައްގީއަށް ރައީސްގެ ގިނަ ވައުދުތަކެއް
ބ. ދަރަވަންދޫގެ އެއާޕޯޓު ބޮޑުކޮށް، ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫއަށް ވަޑައިގެން، ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ހިންގަމުން އަންނަނީ އެންމެ ފައިދާވާ އެއް އެއާޕޯޓު ކަމަށެވެ. އެ އެއާޕޯޓު ބޮޑުކޮށް، އިތުރަށް ތަރައްގީ ކުރުމާ އެކު، ދަރަވަންދޫގައި އިތުރު ހިދުމަތްތައް ތައާރަފުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ދަރަވަންދޫގެ ސިއްހީ ހިދުމަތް މިހާރަށް ވުރެ ރަނގަޅުކުރުމަށް ރަށުގެ ސިއްހީ މަރުކަޒަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ރޯހައުސް ނުވަތަ ފްލެޓު އަޅައިދޭނެ ކަމަށެވެ.

ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ އެ ރަށުގެ ސްކޫލަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އަޅައިދޭނެ ކަމަށާއި ރަށުގެ ބޮޑެތި ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހަދައި، ތާރު އަޅައި ތަރައްގީކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދަރަވަންދޫގެ ރައްޔިތުން ދަތުރު ދިއުމަށް އެ ރަށާ ކައިރިން ފަޅު ރަށެއް ހަމަޖައްސައިދޭނެ ކަމުގައެވެ.

ރައީސް ވިދާޅުވީ ރަށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށާއި އޮފީސްތައް ހިންގުމަށް އޮފީސް ކޮމްޕްލެކްސްއެއް އަޅައިދޭނެ ކަމަށެވެ. އޭގެ އިތުރުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި އޮތް ހަނިފަރުބޭގެ އައުޓްޕޯސްޓެއް ދަރަވަންދޫގައި ގާއިމުކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް