ads
ގާސިމް އިބްރާހިމް ކެމްޕޭން ދަތުރުފުޅުގައި... ފޮޓޯ/ޖޭޕީ
ވެރިކަމަށް ނުކުމެ މި ހުންނެވީ އަނބި ދަރިންނާއި ދެކޮޅަށް: ގާސިމް
ވެރިކަމަށް ނުކުމެ މި ހުންނެވީ އަނބި ދަރިންނާއި ދެކޮޅަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނ. ލަންދޫގެ ރައްޔިތުންނާއި ބައްދަލު ކޮށް ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ނުކުމެ މި ހުންނެވީ އަނބިދަރިންނާއި ދެކޮޅަށް ކަމަށެވެ.

"އެކަމަކު އަޅުގަނޑުގެ އަމިއްލަ ވިސްނުމުގެ ހުރި ކަމެއް މީ. ކަށީގައި ހިފާފައި ހުރި ކަމެއް އަޅުގަނޑަކަށް ދޫކޮށް ނުލެވޭނެ ދެއްތޯ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. އެއީ ރައްޔިތުން އުޅުނު ހާލު ގާތުން ދެކެފައިވާތީ ކަމަށް ގާސިމު ވިދާޅުވިއެވެ. އެ މަންޒަރު ފެނި ކެތް ނުވާ ކަމަށާއި، ނަމަވެސް ބަޔަކު ކުރި މަސައްކަތުން އެކަންކަމުން އަރައިގަނެވިފައިވާ ކަމަށް ގާސިމު ވިދާޅުވިއެވެ.

މިއަދު އެ ވަޅުގަނޑުގެ ތެރެއަށް ވެއްޓެން ބޭނުން ނުވާ ކަމަށާއި، އެ އަލިފާން އަނގުރު ވަޅުގަނޑަށް ދިވެހި ރައްޔިތުން ވެއްޓޭތަން ފެނުނީމަ ހިތަށް ކެތް ނުކުރެވޭ ކަމަށް ގާސިމު ވިދާޅުވިއެވެ. 

ގާސިމް އިތުރަށް ވިދާޅުވީ 2023 ގެ ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމުގައި ރައްޔިތުން އެކަން ކަމަށް ވިސްނާފައި ވޯޓް ދެއްވަން ޖެހޭ ކަމަށެވެ. 

ގާސިމު ވަނީ އެބޭފުޅާ ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުރިން ނިންމަވައިގެން ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

15%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
54%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް