2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށްވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ޑީ.އެމް.އާރް.އާރްގެ އޮފިޝަލް ކޯޗިންގ ޕާޓްނަރުން ހޮވަމުންނެވެ.
އެކަމަށް ޝައުގުވެރިވާ ޓްރެއިނަރުންނަށް މިހާރު އެފަރާތްތަކުގެ ކޯޗިންގ އޮފާތަކުގެ ތަފްސީލް ހިމެނޭ އީމެއިލްއެއް [email protected] ފޮނުވައިގެން އެޕްލައި ކުރެވޭނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޯގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ.
ޑީ.އެމް.އާރް.އާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.