ads
އީގަލްސް - ބުރު މެޗުގެ ތެރެއިން
ބުރު ކޮޅަށް އީގަލްސްއިން ފަސް ލަނޑު
ދިވެހި ޕްރެމިއާ ލީގުގައި ބުރު އަތުން ބޮޑު ތަފާތަކުން އީގަލްސް މޮޅުވެއްޖެއެވެ.

އީގަލްސްއާ ބުރު ރޭ ކުޅުނު މެޗުން އީގަލްސް މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ. އީގަލްސްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޖެހީ އީގަލްސްގެ އިވާންއެވެ. ދެވަނަ ލަނޑު އޭގެ 10 ވަރަކަށް މިނިޓް ފަހުން އިބްރާހީމް މަހުދީ ޖަހައިދިނެވެ. ފަހުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑާއެކު މަހުދީވަނީ ހެޓްރިކެއްވެސް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ މަހުދީއެވެ. އީގަލްސްގެ ދެން ޖެހި ލަނޑު ޖެހީ ރިޒްވާންއެވެ. 

އީގަލްސް މި މެޗުން ބޮޑު ތަފާތަކުން މި މޮޅުވީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ބަންގްލަދޭޝްގައި ޑާކާ އަބަހާނީ އަތުން ބަލިވުމަށް ފަހުއެވެ. އެއީ މިދިޔަ ހަފްތާގައި އޭއެފްސީ ޕްރިލިމިނަރީ ބުރުގައި ކުޅުނު މެޗެވެ. 

ލީގުގައި މިއަދު ހަވީރާ މިރޭ ވެސް މެޗު އޮންނާނެއެވެ. މިއަދު ހަވީރު ކުޅޭނީ ޓީސީއާ ޔުނައިޓެޑް ވިކްޓްރީއެވެ. މިރޭ ކުޅޭނީ ވެލެންސިޔާއާ ގްރީން ސްޓްރީޓްސްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް