ads
ރައީސް ވަހީދު ގާސިމާއެކު ކެމްޕޭނުގައި---ފޮޓޯ:ޖޭޕީ
ބަލައިނުގަތަސް ކަންކަން ކުރިން، ބުރިޖު އަޅަން ހަމަޖެއްސީ ވެސް އަޅުގަނޑު: ރައީސް ވަހީދު
ބަޔަކު ގަބޫލު ނުކުރި ނަމަވެސް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ދައުރުގައި އެމަނިކުފާނު ވެސް ރާއްޖެއަށް ކަންތައްތައް ކޮށްދެއްވި ކަމަށް ވިދާޅުވެއްޖެއެވެ.
Advertisement

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމު އިބްރާހީމުގެ ކެމްޕޭނަށް ރޭ ނ.މަނަދޫގައި ބޭއްވި ޖަލުސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެއްބަޔަކު އެމަނިކުފާނަށް "ކާޅަށް" ގޮވާއިރު އަނެއް ބަޔަކު އެމަނިކުފާނަށް "ބާޒަށް" ގޮވަނީ ކަމަށެވެ. އަދި އެމަނިކުފާނު ދައްކަވާ ވާހަކަތައް ވެސް ގަބޫލުނުކޮށްފާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި މުޅި ގައުމުގައި އޮތީ ހަމަނުޖެހުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ހިޔާލު ތަފާތު އެތައް ބަޔަކު ގޮވައިގެން މަސައްކަތް ކުރެއްވީ އަމިއްލަ ޕާޓީ ބޮޑުކޮށް އަމިއްލަ މަންފާއެއް ހޯއްދެވުމަށް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. 

ރައީސް ވަހީދު ވިދާޅުވީ ދިވެހިންގެ މައި އެއާރޕޯޓު ދިވެހިންނަށް އަނބުރާ ހޯދައިދިނީ އެބޭފުޅާ ކަމަށާއި މާލެ-ހުޅުމާލެ ބުރިޖަކީ ވެސް ޗައިނާގެ ބޮޑު ވަޒީރާއެކު ރައީސް ވަހީދު ބޭއްވި ބައްދަލުވުމެއްގައި ހަމަޖެހިގެން ދިޔަ މަޝްރޫއެއް ކަމަށެވެ. 

"އަޅުގަނޑު ޖީއެމްއާރު އަތުން އެ އިންޓަނޭޝަނަލް އެއާޕޯޓު އަތުލީ. އޭގެ ބަދަލުގައި ވަރަށް ބޮޑޭތި ދަތިތަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހުނު. އިންޑިއާއަށް ބޭސްކުރަންދާ މީހުންނަށް ވިސާ ނުދީ ކިއު ހަދަން ޖެހުނު. އަޅުގަނޑުމެން ގެންނަ ހިލަކޮޅާއި ކާބޯތަކެއްޗަށް ދަތިވި. ކުއްލިއަކަށް 100 މިލިއަން ޑިޮލަރު އަނބުރާ ބޭންކަށް ދައްކަން ޖެހުނު،" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ މާލެ ހުޅުމާލެ ބުރިޖަކީ ވެސް ފުރަތަމަ އެމަނިކުފާނު ޗައިނާއަށް ވަޑައިގެން ބޭއްވި މަޝްވަރާތަކުގައި އެއްބަސްވެވުނު މަޝްރޫއެއް ކަމަށެވެ. 

"އަދީބު ވެސް ހަނދުމަފުޅު ހުންނާނެ، މަރިޔަމް ޝަކީލާ ވެސް ހަނދުމަފުޅު ހުންނާނެ. އަޅުގަނޑު ޗައިނާއަށް ގޮސް ޗައިނާގެ ބޮޑުވަޒީރާ ބައްދަލު ކުރި ޖަލުސާގަ ހުޅުމާލޭ ބުރިޖުގެ ވާހަކަ ދެއްކީ. އެ ބުރިޖު އަޅަން އެއްބަސްވީ. އެގްރިމްނެޓެއްގައި އަދި ސޮއި ނުކުރިޔަސް،" ރައީސް ވަހީދު ވިދާޅުވިއެވެ.

އޭގެއިތުރުން ރާއްޖޭގައި އޮތް އެންމެ ދިގު މަގު ލ.އަތޮޅުގެ ލިންކު ރޯޑަކީ އެމަނިކުފާނު ހަމަޖެއްސެވި މަޝްރޫއެއް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. 

31%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް