ސިޓީއާއެކު އޭނާ ހަދާފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެކެވެ.
އުމުރުން 21 އަހަރުގެ ފޯވާޑް ސިޓީއަށް ބަދަލުވީ ރެނެސްއަށް ކުޅުމަށްފަހުއެވެ. އޭނާ ވަނީ އެޓީމަށް 92 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން، އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ އަދި މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ބެލްޖިއަމް ޓީމަށް ކުޅެފައެވެ.
ޖެރެމީއަކީ މި ޓްރާންސްފާ މާކެޓުގައި ސިޓީ އާއި ގުޅުނު ތިންވަނަ ކުޅުންތެރިޔާއެވެ. ސިޓީން މިހާރު ވަނީ ޗެލްސީގެ މަޓެއު ކޮވަކިޗް 25 މިލިއަން ޕައުންޑަށް އަދި އާރުބީ ލައިޕްޒިގަށް ކުޅެމުން އައި ޖޮސްކޯ ވާޑިއޯލް 77 މިލިއަން ޕައުންޑަށް ހޯދާފައެވެ. ޖެރެމީ ސިޓީއަށް ސޮއިކުރީ 55.4 މިލިއަން ޕައުންޑުގެ އަގަކަށެވެ.
ސިޓީގެ އިތުރުން ވެސްޓް ހޭމް، ޓޮޓެންހަމް އަދި ޗެލްސީންވެސް ވަނީ އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.