ads
އައިމެރިކް ލަޕޯޓް
ސިޓީ ދޫކޮށް ލަޕޯޓް އަލް ނަސްރަށް
މެންޗެސްޓާ ސިޓީއަށް ކުޅެމުންއައި އައިމެރިކް ލަޕޯޓް އަލް ނަސްރަށް ސޮއިކޮށްފިއެވެ.

ސްޕެއިންގެ ޑިފެންޑަރު، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ޕްރޯ ލީގުގެ ކްލަބަށް ބަދަލުވީ 27.5 މިލިއަން ޔޫރޯއަށެވެ. އެތުލެޓިކް ބިލްބާއޯގައި ހުރުމަށްފަހު 29 އަހަރުގެ ލަޕޯޓް ޗެލްސީ އާއި ގުޅުނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭރު އޭނާ ސިޓީ އާއި ގުޅުނީ 57 މިލިއަން ޔޫރޯގެ އަގަކަށެވެ. 

ސީޓީގައި ލަޕޯޓް ހޭދަކުރި ފަސް އަހަރާއި ހަމަސް ދުވަހުގެ މުއްދަތުގައި އޭނާ ވަނީ އެޓީމަށް 12 ބޮޑު މުބާރާތް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސިޓީއަށް 180 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. 

ނަމަވެސް ނިމުނު ސީޒަންގައި ސިޓީއިން ޓްރެބްލް ހާސިލްކުރިއިރު، ލަޕޯޓަށް ކުޅެން ލިބުނީ މަދު ފުރުސަތެއްގައެވެ. މިދިޔަ ސީޒަންގައި އޭނާ ފެނުިފައިވަނީ ސިޓީގެ އެންމެ 24 މެޗުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް