ads
އެމްޑީޕީން އަލަށްގުޅުނު މެންބަރުންގެ ފޯމުތަކާ ފައްޔާޒު ހަވާލުވެ ވަޑައިގަންނަވަނީ
އަލަށް ގުޅުނު މެންބަރުންނާއެކު، މިރޭ ހުޅުމާލެއަށް ބޮޑު ގުޑުމެއް އަރައިގެން ދާނެ: ފައްޔާޒު
އެމްޑީޕީ އާ އަލަށް ގުޅުނު މެންބަރންނާއެކު، މިރޭ ހުޅުމާލެއަށް ބޮޑު ގުޑުމެއް އަރައިގެން ދާނެކަމަށް އެމްޑިޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ މިރޭ އެމްޑީޕީން ހުޅުމާލޭގައި ބޭއްވު ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

މިރޭ ހުޅުމާލެއިން އެމްޑީޕީ އާ އަލަށް ވަނީ 500 އަށްވުރެ ގިނަ މެންބަރުން ގުޅިފައެވެ. އެ ފޯމުތަކާ ހަވާލުވެ ވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއެވެ.

"އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ބޮޑަށް އާ މޫނުތައް ބަލައިގަންނަ ޕާޓީއެއް. ހަމަގައިމުވެސް އަޅުގަނޑުމެންނަށް އެނގޭކަމަކީ މިރޭ މި ހުޅުމާލެއަށް ބޮޑު ގުޑުމެއް އަރައިގެން ދާނެކަން. ހުޅުމާލޭގެ ރައްޔިތުން އެކަންޏެއް ނޫން އަންނާނީކީ. މުޅި ހުޅުމާލެއަކީ އެތައް އެތައް ރަށެއްގެ ރައްޔިތުން ދިރިއުޅޭތަނެއް. އެހެންކަމުން އަޅުގަނޑުމެންނާ މި ގުޅުނު ހުރިހާ ބޭފުޅުންނާއެކުގައި މުޅި ހުޅުމާލޭގެ ބޮޑު މެޖޯރިޓީއެއް ނެގުމަށް. މިދެންނެނެވީ ހުޅުމާލެއަށް ވޯޓުލާ ހުރިހާ ފޮއްޓެއްގެ މެޖޯރިޓީ ނެގުމަށް ތިބޭފުޅުން މަސައްކަތް ކުރައްވަންވާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރޭގެ ވާދަވެރިކަމަކީ އަބަދުވެސް ވަރަށް ބޮޑަށް އޮންނަކަމެއްކަމަށެވެ. އެމްޑީޕީގައި އޮތް އެންމެ ވަރުގަދަކަމަކީ ވެސް އެ ޕާޓީތެރޭގައި އޮތް ވާދަވެރިކަން ކަމަށެވެ. 

"އެތެރޭގެ ވާދަވެރިކަމުގެ ތެރެއިން އަބަދުވެސް އަޅުގަނޑުމެން ކުރިއަރަމުން އަންނަނީ. ހުދު އަޅުގަނޑަށް ބެލިއަސް އާ މީހުންނަށް ޖާގަލިބޭކަމުގެ ހެކި ފެންނާނެ. އެހެންކަމުން އަނެއްކާވެސް އަލަށް އަޅުގަނޑުމެންނާ ގުޅިވަޑައިގެން ބޭފުޅުންނަށް ދަންނަވަން އޮތީ، މި ޕާޓީގެ އެންމެ ކުރީ ސަފަށް އެރުމުގެ ފުރުސަތު ތި އެންމެ ބޭފުޅުންނަށް އޮންނާނެވާހަކަ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބު މިހާރު ވެސް ކާމިޔާބު ކުރެވިފައިވާކަމަށާއި، އެއްބުރުން ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ވަނަ ދުވަހު ކާމިޔާބުކުރާނެކަމަށެވެ. 

54%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް