ބޭރުގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ އާއި ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މިހާރު އެއްބަސްވުމުގައި ހުރީ ކުދި ކުދި ތަފްސީލުތައް ހިމެނުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކަންސެލޯ މިހާރު އިންތިޒާރު ކުރަމުންދަނީ ދެކްލަބުގެ ދެމެދުގައި ހުރިހާ އެއްބަސްވުންތަކެއް ރަސްމީކޮށް ނިމެންދެކަށެވެ. ނަމަވެސް މި މަސައްކަތް ލަސްވެފައި ވަނީ ލަލީގާގެ ފައިނޭޝިއަލް ފެއާޕްލޭ ގަވައިދާ އެއްގޮތަށް އޭނާ ގެންދިއުމުގައި ބާސެލޯނާއަށް ދަތިތަކެއް ހުރުމުންނެވެ.
ބާސެލޯނާއިން ކަންސެލޯ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ލޯނު އުސޫލުންނެވެ. އަދި އެކްލބުން ބޭނުންވެއްޖެ ނަމަ އޭނާ ގަތުމުގެ ފުރުސަތުވެސް އެއްބަސްވުމުގައި ހިމަނާފައިވެއެވެ.