ads
ޖޭޕީގެ ކެމްޕޭނުގައި ރައީސް ވަހީދު ވާހަކަފުޅު ދައްކަވަނީ---ފޮޓޯ:ޖޭޕީ
މަކަރާ ހީލަތުން ނުކުތް މީހަކަށް އިތުބާރު ކުރަން ހެޔޮނުވާނެ
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވީ މަކަރާ ހީލަތުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އަނެއްކާ ވެސް މުއިއްޒަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމު އިބްރާހީމުގެ ކެމްޕޭނަށް އއ.ހިމަންދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވަނީ ޕީޕީއެމްގެ 50000 އެއްހާ އާއްމު މެންބަރުންގެ ހައްގުތަކަށް ޑރ.މުއިއްޒު ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ރައީސް އަބުދުﷲ ޔާމީނަށް އަރުވާފައިވަނީ ވެސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓު ސެނެޓުން ކަމަށެވެ. ނަމަވެސް ޑރ.މުއިއްޒު ޓިކެޓު ހޯއްދަވައިގެން ހުންނެވީ ޕީއެންސީގެ 40 ސެނެޓަރުންގެ ތެރެއިން 25 ވަރަކަށް ސެނެޓަރެއްގެ ރުހުމާއެކު ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. 

ރައީސް ވަހީދު ވިދާޅުވީ ވެރިކަމަށް އަންނަ މީހަކީ މީހުންގެ ހައްގުތަކަށް އަރައި ގަންނަ މަކަރާ ހީލަތް ހަދާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. 

"ޕީޕީއެމުގަ އުޅޭ 40000، 50000 މީހުންގެ އިންތިހާބީ ހައްގުތައް، އެ ހައްގުތައް ނަގާލީ ކާކުތޯ. ޕީއެންސީގެ ފަރާތުން ނުކުމެ ހުންނެވި ބޭފުޅާއަށް ޕީޕީއެމް ސެނެޓުގެ އެއްވެސް ބޭފުޅަކު ވޯޓު ދެއްވިތޯ އައްސަވާ ބައްލަވާ،" ރައީސް ވަހީދު ވިދާޅުވިއެވެ.  

ޕީޕީއެމު/ޕީއެންސީގެ ޓިކެޓު ޑރ.މުއިއްޒަށް އެރުވި އިރު ރައީސް ވަހީދު ހުންނެވީ އެ ޓިކެޓުގެ އުންމީދުގައެވެ. އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނެކަން ޔަގީންވުމުން ރައީސް ވަހީދުވަނީ ގާސިމު އިބްރާހީމަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. ރައީސް ވަހީދު ގެންދަވަނީ ޑރ.މުއިއްޒުގެ އިތުރުން ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް ވެސް ފާޑު ވިދާޅުވަމުންނެވެ. 

29%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް