މިއަދު ހަވީރު 'ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރު' ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރަކީ އެ ސޮސައިޓީ އާއި އާބަންކޯ ގުޅިގެން ހުޅުމާލޭގައި ހާއްސަކޮށް އުތުރު ހުޅުމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީ އަދި އެހެނިހެން ފަރުވާ ފޯރުކޮށްދިނުމަށް ހުޅުވުނު ހާއްސަ ސެންޓަރެއް ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ.
ކެއާ ސޮސައިޓީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މި ސެންޓަރު މަރާމާތު ކުރުމާއި ބޭނުންވާ ފަރުނީޗަރާ އަދި އެހެނިހެން ތަކެތި ފޯރުކޮށްދެއްވާފައިވަނީ ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ކަމަށެވެ. އެ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކޮށް ކެއާ ސޮސައިޓީން ބުނީ އެ ފަދަ ފަރާތްތަކުން އެ ސޮސައިޓީ އާ އަބަދުވެސް ބާއްވާ ގާތް ކަމަކީ ސޮސައިޓީގެ ޓީމަށް ސާބިތުކަމާ އެކު ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެެވެ.
ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރުން ލިބެން ހުންނާނެ ހިދުމަތްތަކުގެ ތެރޭގައި:
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;