ދިއްފުށި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތަށް ސައިޓް މޮބިލައިޒްކޮށްފި
މުހައްމަދު އަތީފް
28 އޯގަސްޓް 2023 - 17:47:59
ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އާދިއްތަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.
ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 22.97 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 710 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 300 މީޓަރުގެ ރިވެޓްމެންޓް މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އޭގެ އިތުރުން 670 މީޓަރުގެ ސަަރަހައްދެއްގައި ގްރޮއިން ޖެހުމާ އަދި ރަށުގައި މިހާރު ހުރި 270 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 157.33 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް