ads
ގާދިއްފުށީގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އާ އޮފީސް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ގާދިއްފުށި ފެނަކަ އާ އޮފީސް ރައީސް ރަސްމީކޮށް ހުޅުވައިދެއްވައިފި
ތ. ގާދިއްފުށީގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
Advertisement

ގާދިއްފުށީގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ކޮޅުމަޑުލުގެ ރަށްތަކަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގާދިއްފުށީގައި އަލަށް ހުޅުވި އޮފީސް އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 39 ވަނަ އޮފީސް އިމާރާތް ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތަށް 21 އަހަރުވެފައިވާ ކަމަށެވެ.

your imageގާދިއްފުށީގެ 21 އަހަރުވީ ބާ އޮފީސް - ފޮޓޯ:ފެނަކަ

ގާދިއްފުށީގައި އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 10.8x21 ފޫޓުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނެފައިވަނީ އެތަނުގައި މަސައްކަތް ކުރެވެނީ ހަ މުވައްޒަފުންނަށް ކަމަށެވެ.

ފެނަކައިން ބުނި ގޮތުގައި ގާދިއްފުށީގައި އަލަށް އިމާރާތްކުރި އޮފީސް އިމާރާތަކީ 33x19.3 ފޫޓުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ފެނަކައިން ބުނީ ކުރީގައި އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތުގައި މެނޭޖަރު ރޫމަކާއި ވެއިޓިން އޭރިއާއަކާއި ފާހާނައެއް ހުރި ކަމަށެވެ. އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނައަކާއި މީޓިން ރޫމަކާއި ގެސްޓް ރޫމެއްގެ އިތުރުން ސްޓޯރެއް ހުންނަ ކަމަށް ފެނަކައިން ބުނެއެވެ.

your imageގާދިއްފުށީގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އާ އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އޮފީސް އިމާރާތް ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށް ވީނަމަވެސް އާ އޮފީސް އިމާރާތްކޮށްފައިވަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް