މަންޗިނީ، އިޓަލީގެ ކޯޗުކަމުގެ މަގާމުން ވަކިވީ މީގެ ދެހަފްތާ ކުރިންނެވެ. އުމުރުން 58 އަހަރުގެ މަންޗިނީ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ އިޓަލީއަށް ކާމިޔާބު ކޮށްދީފައެވެ. އަދި މެޗަކުން ބަލިނުވެ އޭރު އެޓީމުން ހެދި ރެކޯޑަކީ މިހާތަނަށް މުގުރާލެވިފައި ނުވާ ރެކޯޑެކެވެ. އިޓަލީ ވަނީ ޖެހިޖެހިގެން 37 މެޗުން ބަލި ނުވެ ނިންމާލާފައެވެ.
ސައުދީއާއެކު މަންޗިނީ އެއްބަސްވުން ހަދާފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. ސައުދީ ޓީމާއެކު އޭނާގެ ފުރަތަމަ މެޗު އޮންނާނީ މިއަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.
މަންޗިނީ ވަނީ މީގެ ކުރިން މެންޗެސްޓާ ސިޓީ، އޭސީ މިލާން އަދި އިންޓަ މިލާން ފަދަ ބޮޑެތި ކްލަބުތަކަށް އިރުޝާދު ދީފައެވެ.