އެމްޓީސީސީން ބުނީ ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ 24 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި ކުރިއަށްދަނީ މިހާރު ހުރި ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި 220 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 17.84 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.