ads
ނާދިރާ އަދި ޒަމީލް
"ފުރުސަތު ގެއްލުވާލުމުގެ އަޑީގައި އޮތީ ސަރުކާރު"
ޕީއެސްްއެމް ޕާޓްނާޝިޕް ބަހުސްއިން ކެންޑިޑޭޓުން އުނިކުރަން އެންމެ ފަރަތަމަ ނިންމި ނިންމުމަކީ ސަރުކާރު އަޑީގައި އޮވެގެން ކޮށްފައިވާ ކަމެއް ކަމަށް އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
Advertisement

ނާދިރާ "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ސަންގު ޓީވީން" ބަހުސް ހުޅުވާލުމާއެކު ގުޅާ ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް ބަހުސްގައި އަމިއްލަ ކެންޑިޑޭޓުންނަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނާދިރާ ގެންދަވަނީ އަމިއްލަގޮތުން ކުރިމަތިލެއްވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންގެ ކެމްޕޭނުގައި އިސްކޮށް ބައިވެރިވެލައްވަމުންނެވެ.

your imageފާފާރިސް މައުމޫން---ފޮޓޯ:ތީމްއެމްއާރުއެމް

"ވިދާޅުވީ ފުސަތު ދެއްވަނީ ހަމައެކަނި ޕާޓީތަކުން ކުރިމަތި ލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށޭ. އަޅުގަނޑު ދެންނެވިން އިންސާފެއް ނޫނެއްނޫންތޯއޭ؟" -ނާދިރާ-

އޭގެ ފަހުން ދައުލަތުގެ މީޑިޔާއިން ޕާޓްނާޝިޕް ހެދި ކަމަށާއި، ނަމަވެސް ހަމަހަމަ ފުރުސަތު ނުދެވޭ ބަޔަކާއިއެކު ދައުލަތުގެ މީޑިއާ އިންބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. 

ނާދިރާ ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން ދައުލަތުގެ މީޑިޔާ މިކަމުގައި ބައިވެރިވާން ޖެހޭ ތަނެއްވެސް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

"ދައުލަތުގެ މީޑިޔާ ދައުލަތުގެ ޓެކްސް ފައިސާއިން ހިންގާއިރު އެންމެނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ. އެހެން ކެންޑުޑޭޓުންނަށް މުޅި ދިވެހި ރާއްޖޭގެ ހުރިހާ ކެންޑިޑޓުންނާއި މުޙާތަބު ކޮށް ވާހަކަދައްކާލެވޭއިރު މެނިފެސްޓޯ އާއި އެމީހުން ކަންކުރަން ބޭނުންވާ ގޮތް ދެއްކެން އޮއްވާ އެ ފުރުސަތު ބަންދުވާން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ،" -ނާދިރާ-

ނާދިރާ މިހެން ވިދާޅުވެފައިވާއިރު އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ހަސަން ޒަމީލް ވެސް ވަނީ މި ކަމުގައި ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށް ވިދާޅުވެ އިލެކްޝަން ކޮމިޝަނަށް މައްސަލައެއްވެސް ހުށައަޅާފައެވެ. 

އެގޮތުން ޒަމީލް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިދާޅުވެފައިވަނީ ޕީ.އެސް.އެމް. އިން ބޭއްވުމަށް ހަމަޖައްސާފައިވާ ރިޔާސީ ބަހުސް ބާތިލުކޮށް، ސަންގު ޓީވީގެ ރިޔާސީ ބަހުސް ގައި ޕާޓްނަރޝިޕް ހަދާފައިވާއިރު، ސަންގު ޓީވީގެ ޕްރޮގްރާމްގައި މިނިވަން ކެންޑިޑޭޓުންނަށް ފުރުޞަތު އެންމެ ފުރަތަމަ ނުދީ ހުޅުވާލުމަކީ ކެންޑިޑޭޓުންނަށް ލިބެންޖެހޭ ހަމަހަމަ ފުރުސތު ގެއްލުވާލުންކަމަށެވެ. 

ޒަމީލް ވިދާޅުވީ އިންތިހާބާއި ގުޅުންހުރި ކަމެއްކަމަށްވާތީ މިހާރު އިލެކްޝަން ކޮމިޝަނަށްވެސް އެ މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. 

"ޕީއެސްއެމުން އެކަމުގައި ބައިވެރި ވަންޏާ އަޅުގަނޑުމެން ބަލަންޖެހޭ އެކަންތައް. ގާނޫނު ބުނާގޮތުން ދައުލަތުގެ މީޑިޔާއިން އެކަހަލަ ކަމެއް ކުރަންޏާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ. އަޅުގަނޑުމެންގެ އަޑު ނީއްވުމަކީ އިންސާފުވެރި ގޮތެއްނޫންތާ. އަޅުގަނޑުމެންގެ އަޑު ރައްޔިތުންނަށް ނީވުމަކީ އިންސާފެއް ނޫން. މިނިވަން ކެނޑީޑޭޓުންނޭ ކިޔާފަ ފުރުސަތު ނުދޭ އިރު އަޅުގަނޑުމެންގެ އަޑުވެސް އަހާނެ މީހުން ތިބޭނެ. އެހެން ނޫން ނަމަ ރިޔާސީ އިންތިހާބުގައި ކީއްވެތޯ ކުރިމަތިލޭވޭ ގޮތް އޮންނަނީ" -ޒަމީލް-

މިނިވަން ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ކުރިމަތި ލެވޭއިރު އެ ކެންޑިޑޭޓުންގެ އަޑު އިއްވާ ދިނުމުގައި ހަމަހަމަ ފުރުސަތު އޮންނަންވާނެ ކަމަށް ވެސް ޒަމީލް ވިދާޅުވިއެވެ.

"ހަމަހަމަ ފުރުސަތު ނުދޭ ކަމުގައިވާނަމަ ފިޔަވަޅުވެސް އަޅަން ޖެހޭނެ. މިއީ މުޅި ރައްޔިތުންގެ ކަމެއް ރިޔާސީ ކެމްޑިޑޭޓަކަށް ވެރިޔަކު ހޮވުމަކީ. އެހެންވީމަ ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދެއްވައިގެން ރައްޔިތުންނަށް އެ ކެންްޑިޑޓުންގެ އަޑުވެސް އިވޭނީ،" -ޒަމީލް-

ރިޔާސީ ބަހުސް އާއި ގުޅިގެން މާކުރިންފެށިގެން ރޭވިފައިވާ ކަމެއް ހުއްޓުވުމަކީ ކޮންބަޔަކު ރާވާއިގެން ކޮންފައިވާ ކަމެއް ކަމަށްވެސް ޒަމީލް ވަނީ ސުވާލު އުފައްދާފައެވެ.

ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ލިބިފައި ނުވާތީ އަމިއްލަ ކެންޑިޑޭޓް، އުމަރު ނަސީރަށް ގުޅާލުމުން އެބޭފުޅާ ފޯނު ނުނަންގަވާތީ އުމަރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ށ. ދަށުން  ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ނުވަތަ ވަގުތު ވިއްކުމުގައި ހަމަހަމަ އުސޫލެއް ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ގެންގުޅެންވާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެފަރާތްތަތަކަށް ފުރުސަތު ނުދެއްވާ ކަމުގެޝަކުވާތައް ހުށައެޅިިފައިވަނިކޮށް ސަންގުން މިއަދު  ބުނެފައިވަނީ ގައުމީ ޔުނިވަސިޓީގެ އެހީތެރި ކަމާއެކު ދައުލަތުގެ މީޑިޔާ އާއި ގުޅިގެން ސަންގުން ބާއްވާ ބަހުސް އިންތިހާބަށް ކުރިމަތި ލައްވާފައިވާ ހުރިހާ ކެމްޑިޑޭޓުންނަށް ބައިވެރި ވެވޭނެ ކަމަށެވެ. 

އެހެން ކަމަުން އެފަރާތްތަކަށް މިއަދު ވަނީ ދައުވަތު ފޮނުވާފައެވެ. އަދި ބަހުސް އޮންނާނީ 2 ސެޕްޓަމްބަރުވާ ހޮނިހިރުދުވަހުގެ  ރޭ 21:00 ފެށިގެން 23:00 އާއި ހަމަޔަށެވެ. 

30%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް