ads
އުމަރު ނަސީރު / ކުރީގެ ހޯމް މިނިސްޓަރު
އުމަރަށް މަރުގެ އިންޒާރު: އެމެންއެންޑީއެފް ފިޔަވަޅުތައް ވަރުގަދަކުރަނީ
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރަށް ބަޔަކު މަރުގެ އިންޒާރުދީފައިވާތީ އެކަން ބަލަމުން އަންނަ ކަމަށާއި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށް މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް އިން ބުނެފިއެވެ.

އުމަރު ނަސީރަށް ބަޔަކު މަރުގެ އިންޒާރުދީ މަރާލާނެ ކަމަށް ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. 

އުމަރު ނަސީރު ވަނީ އޭނާއަށް މަރުގެ އިންޒާރުދީ ކޮށްފައިވާ ޓުވީޓެއްގެ ސްކްރީންޝޯޓުތައް އާންމުކުރައްވާފައެވެ. އެ އިންޒާރު ދިން މީހާ ބުނެފއިވަނީ "ދައުލަތައް ފައިސާ ލިބެނީ މަސްތުވާތަކެތިން" ކަމަށް ބުނެފަ އެވެ. މި ޓްވީޓު އާންމުކުރައްވަމުން އުމަރު ނަސީރު ވިދާޅުވެފައިވަނީ އިންޒާރު ލިބެނީ ޑްރަގް ލޯޑުންގެ ފަރާތުންކަމަށެވެ. 

އުމަރު ނަސީރު ކެންޕޭނުގައި އުޅުއްވަނިކޮށް އެނާއަށް މީހަކު މިދިޔަ ހަފްތާގައި ވަނީ ހަމަލާ ވެސް ދީފައެވެ. އޭނާއަށް ހަމަލާދިނީ ޕިކަޕް ބުރެއްގައި އުޅޭއްުވަނިކޮށް ދަނގަޑުބުރިއް އެއްލައި ވަނީ އޭނާގެ މޫނު މަތީގައި ޖަހާފައެވެ. އޭނާއަށް ހަމަލާ ދިން މީހާ ވަނީ ހަމަލާ ދިނުމަށްފަހު ފިލާފައެވެ.  

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ސިފައިންގެ މީޑިޔާ ކޯޑިނޭޓަރު ވިދާޅުވީ އުމަރު ނަސީރަށް ބަޔަކު މަރުގެ އިންޒާރު ދިނުމާއި، މީގެ ކުރިން ހަމަލާ ދީފައިވާ ކަން ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

ރިޔާސީ އިންތިހާބުގައި އުމަރު ނަސީރު ވާދަ ކުރައްވަން ނިންމަވައި އިލެކްޝަން ކޮމިޝަނަށް ފޯމު ހުށައަޅުއްވުމަށްފަހު އިލެކްޝަން ކޮމިޝަނުން ކެންޑިޑޭޓް ނަމްބަރު ދެއްވުމާއެކު ގާނޫނީ ގޮތުން ދައުލަތުން ފޯރުކޮށްދޭންޖެހޭ ސަލާމަތާއި، ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސިފައިން ހަރަކާތްތެރިވެއެވެ. 

އުމަރު ނަސީރަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އަދި ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ހިދުމަތް ކުރެއްވުމުގައި ގިނަ ބައެއްގެ ތާއީދުވެސް ހޯއްދަވާފައިވާ ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް