62 މިލިއަނަށް މުލަކު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއަށް
މުހައްމަދު އަތީފް
30 އޯގަސްޓް 2023 - 18:34:20
މ. މުލަކު ބަނދަރު ބޮޑުކުރުމާއި ނެރުފައި ކަށި ހެދުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މުލަކު ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މުލަކު ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- އާ ބަނދަރު ފުން ކުރުން - 44،500 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން -3 މީޓަރު ހަމަވާ ވަރަށް)
- ބަނދަރު ފުން ކުރުން – 23،100 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން -3.5 މީޓަރު ހަމަވާ ވަރަށް)
- ނެރު ފުން ކުރުން – 2،520.00 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން -4.0 މީޓަރު ހަމަވާ ވަރަށް)
- 253 މީޓަރު ސޭންޑްފިލް ބްރޭކްވޯޓަ ހެދުން
- 210 މީޓަރު ސޭންޑްފިލް ކީވޯލް
- ނެރު ފައިކަށިޖެހުން 25 މީޓަރު
- 13 މީޓަރު ސަބްމާޖްޑް ބްރޭކްވޯޓަ ޖެހުން
- 53 މީޓަރު ރިވެޓްމެންޓް ޖެހުން
- 284 މީޓަރު އެއްގަމު ތޮށި ޖެހުން
- 284 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
- 57 މޫރިންގް ރިންގް ހަރުކުރުން
- 8 މޫރިންގް ބޮއި ހަރުކުރުން
- 11x11 މީޓަރު ރޭންޕެއް ހެދުން
- އެކްސެސް ޕްލެޓްފޯމް އެޅުން
- 25x4 މީޓަރުގެ ކޮންކްރީޓް ބްރިޖް ހެދުން
- 1 ނެރު ބައްތި ޖެހުން
- 15 މަގު ބައްތި ހަރުކުރުން
- 3،062 އަކަ މީޓަރު ޕޭވްމަންޓް ހެދުން
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 62.63 މިލިއަން ރުފިޔާއަށް 485 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް