ads
ޗެލްސީން 115 މިލިއަން ޕައުންޑަށް ހޯދި މޮއިސެސް ކައިސެޑޯ
ކުޅުންތެރިން ހޯދުމަށް ރެކޯޑު އަދަދަކަށް ހަރަދުކޮށްފި
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމަށް ރެކޯޑު އަދަދަކަށް ކްލަބުތަކުން ހަރަދުކޮށްފިއެވެ.

ކުޅުންތެރިން ހޯދުމަށް މީގެ ކުރިން އެންމެ ބޮޑު ހަރަދެއް ކްލަބުތަކުން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސަމާ ޓްރާންސްފާ ވިންޑޯގައެވެ. އެފަހަރު ހުރިހާ ކްލަބުތަކެއް ކުރި ހަރަދުގެ ޖުމްލަ އަގަކީ 6.51 ބިލިއަން ޕައުންޑެވެ. ނަމަވެސް މިފަހަރުގެ ޓްރާންސްފާ ވިންޑޯގައި މިހާތަނަށް 6.56 ބިލިއަން ޕައުންޑު ކްލަބުތަކުން ވަނީ ޖުމްލަކޮށް ހަރަދު ކޮށްފައެވެ. 

އަދި މިއަދަދުތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރާންސްފާ ވިންޑޯގެ މުއްދަތު ހަމަވާނީ މިއަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. 

މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ޖުމްލަ 2.1 ބިލިއަން ޕައުންޑް ހަރަދު ކޮށްފައެވެ. މިއީ އެލީގުގެ ތާރީހަށް ބަލާނަމަވެސް ރެކޯޑެކެވެ. 

މި ޓްރާންސްފާ ވިންޑޯގައި ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުންނެވެ. އެލީގުގެ ކްލަބުތަކުން ވަނީ ޖުމްލަ 728 މިލިއަން ޕައުންޑް ކުޅުންތެރިން ހޯދުމަށް ހަރަދު ކޮށްފައެވެ. ތިންވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އިޓާލިއަން ލީގުގެ ކްލަބުތަކުންނެވެ. އިޓާލިއަން ލީގުގެ ކްލަބުތަކުން ޖުމްލަ 682 މިލިއަން ޕައުންޑް މިހާތަނަށް ހަރދު ކޮށްފައިވެއެވެ. 

މީގެ އިތުރުން ޖަރުމަނުގެ ބުންޑެސް ލީގާގައި ކުޅޭ ޓީމުތަކުން ޖުމްލަ 598 މިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު، ފްރާންސް ލީގުގެ ކްލަބުތަކުން ވަނީ 594 މިލިއަން ޕައުންޑް ހަރަދު ކޮށްފައެވެ. އަދި ސްޕެއިންގެ ލަލީގާގައި ކުޅޭ ޓީމުތަކުން 342 މިލިއަން ޕައުންޑް މިހާތަނަށް ވަީ ހަރަދު ކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް