ads
ޔާމީން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި
ޔާމީންގެ ދިފާއުގައި ދެއްކީ ހުސް ހަމަ ނުޖެހޭ ވާހަކަ: ދައުލަތް
ވ. އާރަށުގެ މައްސަލައިގައި، ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެކިން، ޝަރީއަތުގައި ދައްކާފައިވަނީ ހުސް ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށް، ދައުލަތުން ބުނެފިއެވެ.

އާރަށުގެ މައްސަލައިގައި، ރައީސް ޔާމީންގެ ދިފާއީ ހެކިން، ޝަރީއަތުގައި ދައްކާފައިވަނީ ހުސް ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށް، ދައުލަތުން ބުނީ އެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުމުގައި ހައިކޯޓުގައި ވާހަަކަ ދައްކަވަމުންނެވެ. 

ދެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ އަޑު އެހުންތައް މިހާރު ހައިކޯޓުގައި ކުރިއަށް އެބަދެއެވެ. މި މައްސަލައިގައި މިހާތަނަށް ފަސް ވަރަކަށް އަޑު އެހުން ބާއްވާފައިވެއެވެ. އަދިވެސް އަޑު އެހުންތައް ނުނިމެއެވެ.

ހައިކޯޓުގައި ބުދަ ދުވަހު އޮތީ ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބު ދިނުމެވެ. ޔާމިންގެ ވާކަތަކަަށް ރައްދު ދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހިތްޕުޅާނުވީމާ އެއީ ދޮގެއް ކަމަށް ބަލައިގެން ހެކިބަސް އެއްފަރާތް ކުރަން ދަށު ކޯޓުން ހުކުމް ކުރެއްވި ފަނޑިޔާރު ނުނިންމަވާ ކަމަށެވެ. އަދި ފަނޑިޔާރު ބެއްލެވީ ހެކިބަހުގައި ހުރި ފުށޫއެރުންތަކަށް ވުރެ ބޮޑަށް ހެކިބަހުގައި ހުރި ބުއްދި ހަމަނުޖެހޭ ދެކޮޅުނުޖެހޭ ވާހަކަތަކަށް ކަމަށެވެ.

"ފަނޑިޔާރު ރިއާއަތް ކުރައްވާފައި ވަނީ، ހެކީންގެ ހެކިބަހަށް ބުރަދަން ނުދިނުމުގައި ބައްލަވާފައި ވަނީ، އެ ހެކީންގެ ހެކިބަހުގައި ހުރި ފުށޫއެރުންތަކަށް ވުރެ ބޮޑަށް އެ ހެކިބަހުގައި، ރައީސް ޔާމީނަށް ފަހިވާ ކަންކަން ފިޔަވައި އެހެން ކަންކަން ހަނދުމަފުޅު ނެތް ކަމަށް ވިދާޅުވުމާ، ނޭނގޭ ކަމަށް ވިދާޅުވަމުން ގެންދިޔުމާއި އަދި އެ ވިދާޅުވި ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ވެސް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާ ބަލާއިރު ގަބޫލު ނުކުރެވޭ ހަމަބުއްދިއާ އަރައިރުންވާ ކަންތައްތަކެއް ހުރީމާ އެކަންކަމުގެ މައްޗަށްކަން ފަނޑިޔާރު އެބަވޭ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި،"

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވިއެވެ. މިއަދުގެވެސް ޝަރީއަތަށް ޔާމީނާއެކު ޔޫސުފް ނައީމްވެސް ހާޒިރުވެ އިންނެވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް