ads
މެތިއަސް ނުނޭސް
ނުނޭސް، ސިޓީއަށްދާން އެއްބަސްވެއްޖެ
ވުލްވްސްއަށް ކުޅެމުން އަންނަ މެތިއަސް ނުނޭސް، މެންޗެސްޓާ ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ނަމަވެސް ސިޓީއާއެކު މިހާތަނަށް އޭނާ ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވެއެވެ. އެޓީމަށް ބަދަލުވާން އޭނާ މިހާތަނަށް އެއްބަސްވެފައިވަނީ އަނގަބަހުންނެވެ. އޭނާ ސިޓީއަށް ދާން ނިންމީ 47.3 މިލިއަން ޕައުންޑަށެވެ. 

ސިޓީއިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ނުނޭސް ހޯދުމަށް ރަސްމީކޮށް ބިޑްކޮށްފައެވެ. ނަމަވެސް ވުލްވްސްއިން އޭނާ ދޫކުރުމަށް ނިންމީ އެންމެ ކުޑަވެގެން 60 މިލިއަން ޕައުންޑުގެ އަގަކަށެވެ. 

ވުލްވްސްއިން އޭނާ ދޫނުކުރުމާއި ގުޅިގެން ނުނޭސް ވަނީ އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލާފައެވެ. ނުނޭސް ބޭނުންވަނީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީއަށް ކުޅޭށެެވެ. 

އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވަނީ ވުލްވްސްއަށް މިހާތަނަށް 35 މެޗު ކުޅެދީ އެއް ލަނޑު ޖަހައިދީފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް