ads
ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހީމް
ހާރިޖީ ސިޔާސަތުގައި ޕީޕީއެމްއާއި އެމްޑީޕީ ފެއިލް ވެއްޖެ: އަމީން
ހާރިޖީ ސިޔާސަތުގައި ޕީޕީއެމްއާއި އެމްޑީޕީ ފެއިލް ވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރޭ ގެނެސްދިން ރަނިންމޭޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ ހާރިޖީ ސިޔާސަތަކީ ހަގީގަތުގައި ކަނޑައަޅައިގެން ކުރިއަށްދާން ޖެހޭ ސިޔާސަތެއް ކަމަށެވެ.

ނަމަވެސް މިހާރު މިފެންނަނީ އެއްދުވަހު އިންޑިޔާ އައުޓް ގޮވާފައި އިންޑިޔާ ފަސްޓް ޕޮލިސީ އަށް ގޮވާ ތަން ކަމަށެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށް ހާރިޖީ ސިޔާސަތާއިގެން ކުރިއަށް ނުދެވޭނެ ކަމަށެވެ. 

"ވަކިބަޔެއްގެ އުނގުން ވެއްޓިގެންގޮސް ނުކުންނަން ނޭނގޭ ބަޔަކަށް ކިހިނެތްތޯ ދިވެހިރާއްޖެއާއި މިނިވަންކަމާއި އިސްތިގުލާލާއި ހިފަހެއްޓޭ ގޮތަކަށް ރާއްޖޭގެ ސިޔާސަތު ބައްޓަން ކުރެވޭނީ."އަމީން

އެހެން ކަމުން މިހާރު ރައްޔިތުން ޕީޕީއެމް ސަރުކާރުވެސް އަދި އެމްޑީޕީ ސަރުކާރުވެެސް ފެއިލްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން އެބޭފުޅުންގެ ވެރިކަމެއް ހިންގާނީ ދިވެހިންގެ ފަސްޓް ޕޮލިސީ ކަމަށާއި، އެއީ ހާރިޖީ ސިޔާސަތުގައި ކަމަށްވިޔަސް އެހެން ސިޔާސަތެއް ކަމަށް ވިޔަސް ކަމަށެވެ.

އަދި އެ ސިޔާސަތުގައި ދިވެހިންގެ އިގްތިސޯދާއި، ދުޅަހެޔޮކަން ކަށަވަރު ކޮށްދެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އެހެންކަމުން ބޭރުގައުމުތަކަށް ދިވެހިން ބަރޯސާ ނުވާނެ ގޮތަކަށް ވިސްނާނެ ކަމަށްވެސް ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް