އިމްރާން މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބާރާހިމް މުހައްމަދު ސޯލިހާއި އެކު ކެމްޕެއިން ދަތުރުފުޅުގައި ގދ. ތިނަދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ތިނަދޫ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި އިމްރާން ވިދާޅުވީ މުއިއްޒުގެ ލާމަރުކަޒީ ވިސްނުމެއް ނެތް ކަމަށާއި، މި ރާއްޖޭގެ 187 ރަށް ތަރައްގީ ކުރުމުގެ ވިސްނުމެއް ވެސް ނުހުންނާނެ ކަމަށެެވެ.
އިމްރާން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ގާނޫނަށް އިސްލާހު ގެނެސް ބާރުތައް ކައުންސިލްތަކަށް ދޫކުރި ކަމަށެވެ. އަދި ކައުންސިލްތަކަށް ބަޖެޓުދީ ކަންކަން ކުރެވޭނެ ގޮތް މަގުފަހިކޮށްދިނީވެސް މި ސަރުކާރުން ކަމަށެވެ.
މީގެ އިތުރުން ހުރިހާ ކައުންސިލް އިދާރާތަކެއް އާކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ވައުދުވެފައިވާ ކަންވެސް އިމްރާން ފާހަގަ ކުރެއްވިއެވެ.