ads
ރައީސް ސާލިހު އަދި ޝިޔާމް
މި ގަރުނުގެ އެންމެ ތާއިދު ބޮޑު ރައީސް އަކީ ސޯލިހު: ޝިޔާމް
ދުނިޔޭގައި މިވަގުތު ހުންނެވި މިގަރުނުގައި ވެސް އެންމެ ތާއީދު ބޮޑު ރައީސަކީ، ރައީސް ސޯލިހް ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިގޮތަށް ވިދާޅުވީ ރައީސްގެ ކެމްޕޭން ދަތުރުގައި މިއަދު ޅ އަތޮޅު ނައިފަރުގައި ބޭއްވި ބަނދަރު ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ތިބޭފުޅުން އަޑުއައްސަވާ، މުޅި މި ދުނިޔޭގައިވެސް މިވަގުތު ހުންނެވި މި ގަރުނުގައިވެސް އެންމެ މަގުބޫލު އެންމެ ތާއީދުއޮތް ރައީސަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް" ޝިޔާމްގެ ވާހަކައިގައި ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކޮވިޑުގެ އާލަމީ ބޮޑު ވަބާގެ ތެރެއިން ދުނިޔޭގެ ގައުމުތައް އިނދަޖެހިފައިވަނިކޮށް، ރާއްޖޭގެ އިގްތިސާދު ހިފެހެއްޓީ ރައީސް ސޯލިހު ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ވެރިންނާ މަސްވެރިކަމުގެ ސިނާއަތުގެ މީހުން ކޮވިޑުގެ ތެރޭގައި ހަދާނެ ނަހަދާނެ ގޮތެއް ނެތިފައި ތިއްބާ، އެހުރިހާ ކަމަކަށް ހިކުމަތްތެރި ކަމާއެކު ވިސްނާ ފިޔަވަޅު އަޅުއްވާ ސަލާމަތް ކޮށްދިނީ ރައީސް ސޯލިހް ކަމަށެވެ. 

ލޯނު ނެގުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށްވެސް ޝިޔާމް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ. އެގޮތުން، ލޯނަކީ ދަރަންޏެއް ނޫން ކަމަށާއި އެއީ އަރަންޏެއް ކަމަށެވެ. އަދި މި ސަރުކާރުން ލޯނު ނަގާފައިވަނީ ނަގަންޖެހޭ ހާލަތްތަކުގައި ކަމަށެވެ. މިވީ 40 އަހަރު ތެރޭ ރާއްޖޭގެ ކުރީގެ އެއްވެސް ރައީސަކު ނުގެންނަވާހާ ތަރައްގީއާ ކުރިއެރުން ލޯނު ނަގައިގެން ރާއްޖެއަށް ގެނެސްފައިވާ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް